ރާއްޖޭގައި ފަތުރުވެރިންނަށް ހުރި ފުރުސަތުތައް، ވިއޯން ޓްރެވަލާގެ ހާއްސަ އެޕިސޯޑް، ޑިސްކަވަރިން ދަ މޯލްޑިވްސްގައި ދައްކާލައިފިއެވެ.
29 އޮކްޓޫބަރުގައި އިންޑިއާގެ ވިއޯންގެ ޗެނަލްތަކުގައި ދެއްކި މި އެޕިސޯޑުގެ ރިޕީޓް 30 އޮކްޓޫބަރު އަދި 6 ނޮވެންބަރުގައި ވަނީ ދައްކާފައެވެ.
މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން، ބުނީ މި ފީޗަރގެ ސަބަބުން ރާއްޖޭގެ އެކިއެކި ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް (ރިސޯޓް، ހޮޓަލް، ގެސްޓްހައުސް އަދި ލައިވްބޯޑް) ޕްރޮމޯޓްކޮށް، ރާއްޖޭގެ ޖަޒީރާ ރަށްތަކުން ފަތުރުވެރިންނަށް ލިބޭ ސަލާމަތާއި ރައްކާތެރިކަން މާކެޓްކޮށް، މަންޒިލުގެ ތަފާތު ތަޖުރިބާތައް ޕްރޮމޯޓްވެފައިވާ ކަމަށެވެ.
2016 ވަނަ އަހަރު އުފެދުނު ވިއޯން (ޒީ ނެޓްވޯކް) އިން އިންޑިއާގެ ގާތްގަނޑަކަށް 4 މިލިއަން މީހުންނާ ހަމައަށް ވާސިލްވެ، އިންޑިއާގެ ދަތުރުފަތުރަށް ލޯބިކުރާ ފަރާތްތަކަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ވެބްސައިޓްތަކުގައި އަމިއްލަ ޕްރެޒެންސެއް އެބައޮތެވެ.
ވިއޮން ޓްރެވަލާ އަކީ އިންޑިއާގައި ފަތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ޕްރޮގްރާމެކެވެ. އެ ޗެނަލްގެ ޔޫޓިއުބްގައި 5.51 މިލިއަން ސަބްސްކްރައިބަރުން ތިބޭއިރު، އެ ފަރާތުގެ ވެބްސައިޓަށް މަހަކު ގާތްގަނޑަކަށް2.9 މިލިއަން ޕޭޖް ވިއުސް ލިބެއެވެ.
ވިއޯން ޓްރެވަލާގެ ހާއްސަ އެޕިސޯޑުގައި ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ސިޔާމް ވޯލްޑް، ގެސްޓްހައުސް ކާނި ޕާމް ބީޗް, އަދި ލިވްއަބޯޑް، މޯލްޑިވްސް ލެޖެންޑް ކްރޫޒް ވަނީ ދައްކާލާފައެވެ. އަދި މި އެޕިސޯޑް ހޮސްޓްކޮށްފައި ވަނީ ޓެކްނޮލޮޖީ، ޓްރެވަލް، އަދި މުނިފޫހިފިލުވުމުގެ ސިނާއަތްތަކުގެ ތެރެއިން ތަފާތު ފީޗަރ ޝޯތައް ޕްރޮޑިއުސްކޮށް ހޯސްޓްކުރާ ވިއޯއެންގެ ސީނިއާ އެންކަރެއް ކަމަށްވާ އަންކިޓް ޓޫޓެޖާއެވެ.
އިންޑިއާއަކީ 2021 ވަނަ އަހަރު 278،740 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ރާއްޖޭގެ ޓޮޕް މާކެޓެވެ. އެއީ އަހަރުގެ ޖުމްލަ އެރައިވަލްސްގެ %22.6 އެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު، އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ އެންމެ ބޮޑު ސޯސް މާކެޓެވެ.
މިއަހަރުގެ މިހާތަނަށްވެސް އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ މާކެޓެވެ. އެމްއެމްޕީއާރުސީއިން ދަނީ މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް މެދުކެނޑުމެއްނެތި މާކެޓިން ކެމްޕޭންތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތައް ފަދަ ހަރަކާތްތައް ހިންގުމުގެ އިތުރުން އިންޑިއާ މާކެޓަށް އަމާޒުކޮށް ބާއްވާ ބޮޑެތި ފެއަރ އަދި އެގްޒިބިޝަންތަކުގައި ބައިވެރިވަމުންނެވެ.