ދިވެހިބަހުން ހިންގާ މުދައްރިސުން ތަމްރީންކުރާ ކޯސްތަކުގައި ބޭނުންކުރުމަށް ދިވެހިބަހުން ރިފަރެންސް ފޮތް ލިޔުމުގެ މަސައްކަތްކުރުމަށް އިތުރު 4 ފަރާތަކާއި ޙަވާލުކޮށްފިއެވެ.
މިއީ މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް "މޯލްޑިވްސް ލޭމްޕް" ގެ ދަށުން ކުރާ މަސައްކަތެކެވެ.
ދިވެހިބަހުން ރިފަރެންސް ފޮތް ލިޔުމުގެ މަސައްކަތްކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހަވާލުކޮށްފައިވަނީ ޑރ. ހައްވާ ނީނާ ޢަލީއަށާއި އިބްރާހީމް އާދަމްއަށާއި ހަމީޒާ އާދަމް އަދި އަޙުމަދު ހާޝިމްއަށެވެ. މި ބޭފުޅުންގެ އިތުރުންވެސް، އިތުރު 8 ބޭފުޅަކާއި މީގެކުރިންވެސް މި މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.
ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުޢައްސަސާތަކުގައި ދިވެހިބަހުން ހިންގާ މުދައްރިސުން ތަމްރީނުކުރާ ކޯސްތަކުގައި ބޭނުންކުރުމަށް ދިވެހިބަހުން ރިފަރެންސް ފޮތް ލިޔުމުގެ މަސައްކަތްކުރުމަށް، ކޮންސަލްޓަންޓް އުޞޫލުން އިތުރު 4 ފަރާތަކާ ޙަވާލުކޮށްފި. 1/3 pic.twitter.com/2UNHNRUNVl
— Ministry of Education (@MoEdumv) December 13, 2022
މި މަސައްކަތަކީ މޯލްޑިވްސް ލޭމްޕްގެ ދަށުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މުދައްރިސުން ތަމްރީންކުރާ ކޯސްތަކުގެ ފެންވަރު އިތުރަށް ޙަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް "މޯލްޑިވްސް ލޭމްޕް" އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުވެފައިވާ ޕްރޮޖެކްޓެކެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ޙިއްޞާވެއެވެ.