ކުޅިވަރު

ހެރީ ކޭންއާ މެދު ފިކުރު ބޮޑެއް ނުވޭ: ކޮންޓޭ


ފީފާ ވޯލްޑް ކަޕް 2022 ގައި އިންގްލަންޑާއި ފްރާންސް ބައްދަލުކުރި މެޗުގައި ކެޕްޓަން ހެރީ ކޭންގެ އަތުން ޕެނަލްޓީއެއް ބޭރަށް ގޮސްފައިވީ ނަމަވެސް، އޭނާއާ މެދު ފިކުރު ބޮޑުނުވާ ކަމަށް ޓޮޓްނަމް ހޮޓްސްޕާގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ އިންގްލިޝް ޕްރިމިއަރ ލީގުގެ ކުޅުން ވާރލްޑް ކަޕަށްފަހު އަލުން ފެށުމަށް ތައްޔާރުވަމުންދާއިރު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ކޮންޓޭ ހާމަކުރިގޮތުގައި ކޭން އާއި ދޭތެރޭގައި ފިކުރު ބޮދުވާން ނުޖެހޭކަމަށެވެ. މިދިޔަ ދެތިންދުވަހު ކޭންވަނީ ވަރަށް ރަނގަޅަށް ފަރިތަކުރުންތަކުގައިވެސްބައިވެރިވެފައިކަމަށް ކޮންޓޭ ފާހަގަ ކުރިއެވެ. އޭނާ ހާމަކުރިގޮތުގައި ކޭންއަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށާއި އެފަދަ ކުޅުންތެރިންނަށް މިފަދަ ކަންތައްތަކުން އަރައިގަތުމުގެ ގާބިލްކަން ހުންނާނެކަމަށެވެ. 2018 ވަނަ އަހަރުގެ ވާރލްދް ކަޕްގައި ރަންބޫޓު ހޯދި ކޭންއަށް މިފަހަރުގެ ވާރލްޑްކަޕްގައި ކާމިޔާބު ކުރެވިފައިވަނީ ދެލަނޑެވެ. ކޮންޓޭ ހާމަކުރިގޮތުގައި ފުޓްބޯޅައިގާ ވަރަށް ހިތްހަމަ ޖެހޭ ދުވަސްތަށް އަންނަ އުސޫލުން ވަރަށް މާޔޫސްވާ ވަގުތުތައްވެސް އަންނާނެކަމަށެވެ. މިގޮތުން ކޭންއަތުން ޕެނަލްޓީ މިސްވި ވަގުތަކީ އެފަދަ މާޔޫސްވާނެ ވަގުތެއް ކަމަށެވެ. އޭނާވަނީ ފުރަތަމަ ޕެނަލްޓީ ވަރަށް ފުރިހަމައަށް ކާމިޔާބުކޮށްފައެވެ.

ކޮންޓޭ ހާމަކުރިގޮތުގައި އޭނާ ކުޅުނުއިރު އޭނާ އަތުން ދުވަހަކުވެސް ޕެނަލްޓިއެއް ބޭކާރު ނުވާކަމަށެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ އޭނާ ދުވަހަކުވެސް ޕެނަލްޓީއެއް ޖަހާފައިނުވާނެކަމަށެވެ. އެއީ އޭނާއަކީ ޕެނަލްޓީ ޖެހުމަށް އެއްގޮތަކަށްވެސް ކަމުގައި މީހަކަށް ނުވާތީ ކަމަށްވެސް ކޮންޓޭ ހާމަކުރިއެވެ. ނަމަވެސް 1994 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފައިނަލްގައި ބްރެޒިލް އަތުން އިޓަލީވިލާތް ޕެނަލްޓީ ޖަހައިގެން ބަލިވި ޓީމްގައި އޭނާ ހިމެނުނު ކަމަށެެވެ. އަދި އެހެން ކަމުން އެކަމުންކުރާ އަސަރު ކޮށންމެވެސް ވަރަކަށް އިހްސާސް ކުރެވޭކަމަށް އޭނާ ހާމަކުރިއެވެ.

މީގެއިތުރުން ބްރެޒިލްގެ ފޯވަޑް ރިޗާލިސަންއަށް ވާރލްދް ކަޕްގައި ލިބުނު އަނިޔާ އާއި ގުޅިގެން ކުރިއަށް އޮތް ހަތަރު ވަރަކަށް ހަފްތާ ވަންދެން ނުކުޅެވޭނެކަމަށްވެސް ކޮންޓޭ ހާމަކުރިއެވެ.