އެން.ބީ.އޭ ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ.
މި މެޗް ނެޓްސް ކާމިޔާބުކޮށްފައިވަނީ 123 ޕޮއިންޓް 106 ޕޮއިންޓުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ނެޓްސްގެ ކައިރީ އަރވިންގ ވަނީ 28 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ހޯނެޓްސްގެ ލަމޭލޯ ބޯލްވަނީ 23 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 11 އެސިސްޓް ކޮށްފައެވެ.
މި މުބާރާތުގައި ކްލީވްލަންޑް ކެވެލިއަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 103 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ކެވެލިއަރސް އެވެ. މެޗްގައި ކެވެލިއަރސްގެ ކެރިސް ލެވަރޓް ވަނީ 23 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ބުލްސްގެ ޑިމާ ޑިރޯޒާންވަނީ 21 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ.
މީގެއިތުރުން ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 115 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބުކުރީ ސެވަންޓީ ސިކްސަރސްއެވެ. މި މެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑްވަނީ 16 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދީ 10 ރީބައުންދް ނަގާދީ ޓްރިޕްލް ޑަބަލްއެއް ހަދާދީފައެވެ. އަދި ތަންޑަރއަށް އެންމެ ރަނގު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 2 އެސިސްޓް ދިން ޖޯޝް ގިޑޭއެވެ.