ޕޯޗުގަލް ޤައުމީ ފުޓްބޯޅަ ޓީމްގެ އާ ކޯޗަކަށް ސްޕެއިންގެ ރޮބާޓޯ މާޓިނޭޒް ހަމަޖައްސައިފިއެވެ.
އުމުރުން 49 އަހަރުގެ މާޓިނޭޒް މި މަގާމަށް އައްޔަންކޮށްފައި މިވަނީ ކުރިން އެމަގާމްގައި ހުރި ފެނާންޑޯ ސަންތޯސް ވާރލްޑް ކަޕަށްފަހު މަގާމުން އިސްތިއުފާ ދީފައިވުމާއި ގުޅިގެންނެވެ.
މާޓިނޭޒް ވަނީ ނިމިދިޔަ ވާރލްޑް ކަޕްގައި ބެލްޖިއަމް ޓީމްގެ ކޯޗްކަންކޮށްފައެވެ. އޭނާ އެމަގާމުން އިސްތިއުފާ ދީފައިވަނީ އަހަރު އެ މަގާމްގައި ހުރުމަށްފަހު މިފަހަރުގެ ވާރލްޑް ކަޕްގެ ގްރޫޕް މަރްހަލާއިން މުބާރާތަށް އަލްވަދާއު ކިޔަން ޖެހުމާއި ގުޅިގެންނެވެ.
ޕޯޗުގަލްގެ ކޯޗް ކަމާއި ހަވާލުވުމަށްފަހު މާޓިނޭޒްވަނީ ދުނިޔޭގައި އެންމެ ހުނަރުވެރި އެއްޓީމްގެ ކޯޗް ކަމާއި ހަވާލުވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާކުރާކަން ހާމަކޮށްފައެވެ. އަދި މަގާމްގެ މަސްއޫލިއްޔަތު ތަކާއި ވީހާވެސް އަވަހަށް ހަވާލުވެ މަސައްކަތް ފަށާއިގަތުމަށް ބޭނުންވެފައިވާކަމަށާއި އަދި މިކަން އޭނާއަށްވަނީ ޕޯޗުގަލް ފެޑެރޭޝަންގެ ރައީސް އާއެކު ބޭއްވު ފުރަތަމަ ބައްދަލުވުމާއެކުވެސް އޭނާއަށް އިހްސާސް ކުރެވިފައެވެ.
މާޓިނޭޒްވަނީ ބެލްޖިއަމް ޤައުމީ ޓީމްގެ ކޯޗް ކަން 2016 ވަނަ އަހަރުން ފެށިގެން މިފަހަރުގެ ވާރލްޑް ކަޕްގެ ނިޔަލަށް އަދާކޮށްފައެވެ. އަދި 2018 ވަނަ އަހަރު ފީފާ ރޭންކިންގގެ އެއްވަނައަށް ބެލްޖިއަމް ގެންގޮސްދިނުމުގައިވެސް އޭނާވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ