ކުޅިވަރު

ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިިފި


ފަރަންސޭސިވިލާތުގެ ޤައުމީ ޓީމްގެ ކެޕްޓަން ހޫގޯ ލޮރިސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ލޮރިސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކޮށްފައިމިވަނީ ވާރލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ އަތުން ފަރަންސޭސީން ބަލިވިތާ ތިން ހަފްތާ ފަހުންނެވެ.

2018 ވަނަ އަހަރު ފަރަންސޭސީން ވާރލްޑް ކަޕްގެ ތަށި ދެވަނަ ފަހަރަށް އުފުލާލިއިރު އެޓީމްގެ ކެޕްޓަންކަންވެސް ކޮށްފައިވަނީ ލޮރިސްއެވެ. ލޮރިސް ހާމަކުރިގޮތުގައި އޭނާގެ ބައިނަލްއަޤްވާމީ ކެރިއަރ ނިމުމަކަށް ގެންނަން ނިންމީ އޭނާ ޤަބޫލް ކުރާގޮތުގައ އޭނާއަށް ކޮންދެވޭނެ ހުރިހާ ކަމެއް ޤައުމީ ޓީމަށް ކޮއްދެވިފާވާކަމަށް ގަބޫލް ކުރެވުމުންނެވެ. އަދި މިއީ މިކަމަށް އެންމެ ރަނގަޅު ވަގުތުކަމަށާއި އެއއީ ޔޫރޯއަށް ޓީމް ތައްޔާރުވާން ފެށުމުގެ ކުރިން މިކަން ކުރުމުން ކޯޗަށްވެސް ޓީމް އެކުލަވާލުމުގައި ފަސޭހަ ވެގެންދާނެކަމަށެވެ.

ޔޫރޯ ކޮލިފައިންގގައި ފަރަންސޭސީން ހިމެނިފައިވަނީ ޖިބްރޯލްޓަރ، ގްރީސް، ނެދަލަންޑްސް އަދި ރިޕަބްލިކް އޮފް އަޔަލަންޑާ އެއް ގްރޫޕެއްގައެެވެ.

ލޮރިސް ޤައުމީ ޓީމަށް ކުޅެން ފަށާފައިވަނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު އުރުގުއާއީ އާއި ދެކޮޅަށް ކުޅުނު ރަހްމަތްތެރިކަމުގެ މެޗެއްގައެވެ. އަދި މިހާތަނަށް އޭނާވަނީ 145 މެޗް ޤައުމީ ޓީމަށް ކުޅެދީފައެވެ. މިއީ އެޓީމަށް އެންމެ ގިނަ މެޗް ކުޅުންތެރިޔާއެވެ.

މީގެއިތުރުން 121 މެޗްގައި އޭނާވަނީ ކެޕްޓަންކަންވެސް ކޮށްފައެވެ. މިއީވެސް ޤައުމީ ޓީމްގެ ރިކޯޑެކެވެ. ލޮރިސް ޤަބޫލް ކުރާގޮތުގައި އޭސީ މިލާންގެ މައިކް މައިގްނާންއަކީ އޭނާގެ މަގާމް މިހާރުވެސް ފުރޭފެންވަރުގެ މޮޅު ކީޕަރެކެވެ. އަދި އޭނާ މިހާރަށް ވުރެ ގިނަ ވަގުތު އާއިލާއަށް ދޭން ބޭނުންވާކަމަށްވެސް ލޮރިސް ހާމަކުރެއެވެ