ކުޅިވަރު

ޔުވެންޓަސް ބަލިކޮށް ނާޕޮލީއަށް އެއްވަނައިގައި ބޮޑު ލީޑެއް


އިޓާލިއަން ލީގުގެ ތާވަލްގެ އެއްވަނައިގާ އުޅޭ ނަޕޯލީ އާއި ދެވަނައިގާ އުޅޭ ޔުވެންޓަސް ބައްދަލުކުރިމެޗް ނަޕޯލީ ކާމިޔާބުކޮށް ތާވަލްގައި 10 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 5-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނަޕޯލީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ނަޕޯލީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިކްޓަރ އޮސިމްހެންއެވެ. އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 39 ވަނަ މިނެޓްހައި ޖަހާދިނީ ހުވިޗާ ކްވަރަޓްސްހޭލިއާ އެވެ. މިމެޗްގައި ޔުވެންޓަސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 42 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެންޖެލް ޑި މާރިއާއެވެ. މިމެޗްގައި ނަޕޯލީގެ ތިންވަނަ ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޖަހާދިނީ އާމިރު ރަހްމާނީއެވެ. ނަޕޯލީގެ ހަތަރުވަނަ ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން އޮސިމްހެންއެވެ. އަދި ފަހު ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ޖަހާދިނީ އެލިފް އެލްމާސްއެެވެ.

ނަޕޯލީގެ މިކާމިޔާބީއާއެކު 1990 ވަނަ އަހަރަށް ފަހު ސެރިއާގެ ތަށި ފުރަތަމަ ފަހަރަށް ހޯދުމަށް ނަޕޯލީއިން ކުރަމުންދާ މަސައްކަތައް މިވަނީ އިތުރު ހިތްވަރެއް ލިބިގެންގޮސްފައެވެ. މިގޮތުން ނަޕޯލީއަށް ވަނީ 18 މެޗުން 47 ޕޮއިންޓް ލިބިގެން ގޮސްފައެވެ. އަދި މިނާކާމިޔާބީއާއެކު ޔުވެންޓަސް މިވަނީ ގޯލްގެ ތަފާތުން ތިންވަނައަށް ވެއްޓިފައެވެ. އެޓީމަށް ލިބިފައިވަނީ 37 ޕޮއިންޓެވެ. ދެވަަނައިގާ މިވަގުތު އޮތީ އެންމެފަހުގެ ޗެމްޕިއަން އޭސީ މިލާނެވެ.