އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވަރހެމްޕްޓަން ވޮންޑަރަރސްއިން ފްރެންޗް ލީގް އާންގެ ނީސްއަށް ކުޅެމުންދާ މާރިއޯ ލެމީނާ އެޓީމަށް ގެންގޮސްފިއެވެ.
މައުލޫމާތުލިބިފައިވާގޮތުގައި ލެމިނާ ވުލްވްސްއަށް ސޮއިކޮށްފައިވަނީ 11 މިލިއަން ޔޫރޯ ގެ އަގަކަށެވެ.
މީގެކުރިން ސައުތުހެމްޕްޓަންއަށް ކުޅެފައިވާ ލެމީނާ ވުލްވްސްއަށް ސޮއިކޮށްފައިވަނީ ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެދަށުންނެވެ. އަދި މިއެއްބަސްވުމުގައި އިތުރު އެއް އަހަރު އިތުރު ކުރުމުގެ ފުރުސަތު ވުލްވްސްއަށް ހުޅުވާލަދީފައިވެއެވެ. ލެމީނާ ނީސްއަށް ބަދަލުވެފައިވަނީ 2021 ވަނަ އަހަރުއެވެ. އަދި މިހާތަނަށް މިސީޒަންގައި އޭނާ ވަނީ 22 މެޗް ނީސްއަށް ކުޅެދީ އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ. ވުލްވްސްގެ ހޫލެން ލޮޕެޓެގޫ ހާމަކުރިގޮތުގައި ލެމީނާއަކީ މޮޅު ކުޅުންތެރިއެކެވެ. ލޮޕެޓެގޫ ހާމަކުރިގޮތުގައި ލެމީނާއަށް ޕްރިމިއަރ ލީގުގައި ކުޅުމުގެ ތަޖްރިބާ ހުރުމުން އެކަމުގެ ފައިދާ މިޓީމަށް ކުރާނެ ކަމަށާއި އަދި ލެމީނާގެ ސަބަބުން ވުލްވްސއަށް ފައިދާ ކުރާނެއެވެ. ވުލްވްސްގެ ސްޕޯޓިންގ ޑިރެކްޓަރ މެޓް ހޮބްސް ހާމަކުރިގޮތުގައި އެޓީމުން ލެމީނާއަށް ފާރަލަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެކަމަށެވެ.
ވުލްވްސްއިންވަނީ އެޓީމްގެ އާ ކޯޗް ބޭނުންވާގޮތަށް ޓީމް ބައްޓަން ކުރުމަށްޓަކައި މިމަސްތެރޭގައި އިތުރު ބައެއް ކުޅުންތެރިން ގެނައުމަށް ނިންމާފައެވެ. މިގޮތުން މިމަސްތެރޭގައި އާ ހަ ކުޅުންތެރިއެއްވަރު ފެނުން ގާތްކަމަށް ވުލްވްސްއިން ހާމަކުރެއެވެ.