ބްރެޒިލްގެ ޕަލްމެއިރާސްއަށް ކުޅެމުންދިޔަ ޑެނީލޯ އިންގްލިޝް ޕްރިމިއަރ ލީގުގެ ނޮޓިންގހަމް ފޮރެސްޓަށް ސޮއިކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑެނީލޯ ފޮރެސްޓަށް ސޮއިކޮށްފައިވަނީ 16 މިލިއަން ޕައުންޑްގެ އަގަކަށެވެ.
އުމުރުން 21 އަހަރުގެ މިކުޅުންތެރިޔާ ފޮރެސްޓާއި މިގުޅެނީ ހަ އަހަރާއި ބައިގެ އެއްބަސްވުމެއްގެދަށުންނެވެ. ޑެނީލޯވަނީ ޕަލްމެއިރާސް އާއެކު ކޮޕާ ލިބެޓަޑޯރެސްގެ ދެ ތަށި ކާމިޔާބުކޮށް 2022 ވަނަ އަހަރުގެ ބްރެޒީލިއަން ސެރީއޭގެ ތަށި ވެސް ކާމިޔާބުކޮށްފައެވެ. ޑެނީލޯ ހާމަކުރިގޮތުގައި އޭނާ އަބަދުވެސް ބަލާނީ ދަނޑުމަތީގާ ދެއްކޭ އެންމެ ރަނގަޅު ކުޅުމެއް ދައްކާ ޓީމަށް ކާމިޔާބު ހޯދާދެވޭތޯ މަސައްކަތް ކުރަންކަމަށެވެ. އަދި އާ ކުޅުންތެރިންނާއި ބައްދަލުވެ އަނެއްކާވެސް ކުޅުން ފެށުމަށް ކެތް މަދުވެފައިވާކަމަށްވެސް އޭނާ ހާމަކުރިއެވެ. އޭނާ ހާމަކުރިގޮތުގައި އިންގްލިޝް ޕްރިމިއަރ ލީގުގައި ކުޅުމަކީ އޭނާގެ ހުނަފެނެއްކަމަށާއި ފޮރެސްޓާއެކު އެހުވަފެން ހަގީގަތަކަށް ހެދޭތީ ވަރަށް އުފާކުރާ ކަމަށެވެ.
ޑެނީލޯއަކީ މިފަހަރުގެ ޓްރާންސްފަރ މާކެޓްގައި ފޮރެސްޓަށް ޕަލްމެއިރާސްއިން ބަދަލުވި ދެވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ގުސްޓާވޯ ސްކާޕާވަނީ ފްރީ ޓްރާންސްފަރއެއްގެ ދަށުން ފޮރެސްޓަށް ބަދަލުވެފައެވެ.