ކުޅިވަރު

އަރުތަ ޕްރޮގްރާމުގައި ޓީޓީ ކުޅުންތެރިން ކަމަށްވާ އަޙްޔަރު، ޝައްފާން އަދި މިޝްކާ ހިމަނައިފި


ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލުގެ އައު ޖީލު ބިނާކުރުމަށް ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމުގެ ލިސްޓުގައި ޓޭބަލް ޓެނިސް ކުޅުންތެރިން ކަމަށްވާ އަޙްޔަރު، ޝައްފާން އަދި މިޝްކާ ހިމަނައިފިއެވެ.

"އަރުތަ" ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ޒުވާން ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިހާރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އުއްމީދީ އެތުލީޓުންތަކެއް ދަނީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންނެވެ.

އަރުތަ ޕްރޮގްރާމްގެ ދަށުން ޓީޓީ ތިން ކުޅުންތެރިން ކަމަށްވާ އަޙްޔަރު، ޝައްފާން އަދި މިޝްކާ ތަމްރީން ހަދަމުން ގެންދާނީ ކްރޮއޭޝިއާގައެވެ. ޓީޓީ ތިން ކުޅުންތެރިއަކު މި ލިސްޓުގައި ހިމެނިއިރު، މީގެ ކުރިން ވަނީ މި ޕްރޮގްރާމުގައި ރާއްޖޭގެ އެއް ނަންބަރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމުވެސް ހިމަނާފައެވެ.

ރާއްޖޭގެ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ ދީމާ މި ޕްރޮގްރާމުގައި ބައިވެރިވެ އެއްބަސްވުން ހެދީ 10 އަހަރަށެވެ. އެހެންކަމުން ދީމާގެ ޓްރެއިނިންތަކަށް ސަރުކާރުން މި ޕްރޮގްރާމުގެ ދަށުން ޚަރަދުކުރާނެއެވެ. އަދި މި ޕްރޮގްރާމުގައި ރަފާ ރަސްމީކޮށް ސޮއިކުރިއިރު، ރަފާ މިހާރުވެސް އަންނަނީ ރާއްޖެއިން ބޭރުން ތަމްރީނުތައް ހަދަމުންނެވެ.

ޓީޓީގެ ފަސް ކުޅުންތެރިއަކު މިހާތަނަށް އަރުތަ ޕްރޮގުރާމުއި ހިމަނާފައިވާއިރު، މީގެ ކުރިން ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އެތުލެޓިކްސް، ސްވިމިން، ޓެނިސް އަދި ބީޗް ވޮލީބޯޅަ ކުޅުންތެރިންވެސް މި ލިސްޓުގައި ހިމަނާފައެވެ.

ރައްޔާން

ރަފާވެސް ސޮއި ކުރީ 10 އަހަރަށް.