ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން: ތިންވަނަ ބުރުން ޖޮކޮވިޗް ޖާގަ ހޯދައިފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން ނޯވަކް ޖޮކޮވިޗް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ތިންވަނަ ބުރުން ޖޯކޮވިޗް ޖާގަހޯދީ ދެވަނަ ބުރުގައި ފަރަންސޭސިވިލާތުގެ އެންޒޯ ކޮއުއަކައުޑް އާއި ބައްދަލުކުރިމެޗް ތިން ސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ.

މިމެޗްގެ ސެޓްތައް ޖޯކޮވިޗް ގެންގޮސްފައިވަނީ ހައެއް އެކެއް، ހައެއް ހަތެއް، ހައެއް ދެއެއް އަދި ހައެއް ސުމަކުންނެވެ. މިމެޗަށް ނިކުންއިރު ޖޯކޮވިޗް ހުރި އަނިޔާގައެވެ. އެހެންކަމުން އެކަމުގެ އަސަރު މިމެްގެ ތެރެއިން ފެނިގެންދިޔައެވެ. ނަމަވެސް މެޗް ފެށުތާ މާގިނައިރު ތަކެއް ނުވެ ކޮއުއަކައުޑްގެ ފަޔަށް އަނިޔާވެ އޭނާވެސް މިމެޗްގައި މެޑިކަލް ޓައިމް އައުޓްއެއް ނެގިއެވެ. މިމުބާރާތުގެ ތިންވަނަ ބުރުގައި ޖޯކޮވިޗް ބައްދަލުކުރާނީ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯފްއާއެވެ.

ޖޯކޮވިޗް ތިންވަނަ ބުރުން ޖާގަހޯދިއިރު އޭނާ އާއި މިފަހަރުގެ މުބާރާތަށް އެންމެ ބޮޑަށް ވާދަކުރާނެކަމަށް ބެލެވުނު ބައެއް ކުޅުންތެރިންވަނީ ކަޓާފައެވެ. މިގޮތުން އެންމެފަހުގެ ޗެމްޕިއަން ރަފައެލް ނަޑާލް އިއްޔެ މުބާރާތަށް އަލްވަދާއު ކިޔާފައިވާއިރު ނޯވޭގެ ކެސްޕަރ ރުޑްވަނީ އެމެރިކާގެ ޖެންސަން ބްރޫކްސްބީ އާއި ބައްދަލުކުރިމެޗުން 3 ސެޓް އެއްސެޓުން ބަލިވެފައިވެއެވެ. އެއީ ހައެއް ތިނެއް، ހަތެއް ފަހެއް، ހައެއް ހަތެއް އަދި ހައެއް ދެއަކުންނެވެ.

އަށް ވަނައަށް ސީޑް ކުރެވިފައިވާ ޓެލަރ ފްރިޓްޒްވެސް ވަނީ އޮސްޓްރޭލިއާގެ އެލެކްސީ ޕޮޕިރިން އާއި ބައްދަލުކުރިމެޗުން 3 ސެޓް 2 ސެޓުން ބަލިވެފައެވެ. އެއީ ހައެއް ހަތެއް، ހަތެއް ހަޔެއް، ހައެއް ހަތަރެއް، ހައެއް ހަތެއް އަދި ހައެއް ދެއަކުންނެވެ. އަނިޔާއިް އެނބުރި އައިސް އަދި މުޅިން ހަމައަކަށް ނޭޅިގެން އުޅޭ 12 ވަނައަށް ސީޑް ކުރެވިފައިވާ އެލެގްޒެންދަރ ޒްވަރޭވްވެސް ވަނީ ދެވަނަ ބުރުން މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ. އެއީ މައިކަލް މިމޯ އާއި އާއި ބައްދަލުކުރިމެޗުން ހައެއް ހަތެއް، ހައެއް ހަތަރެއް، ހައެއް ތިނެއް އަދި ހައެއް ދެއަކުން ބަލިވުމުންނެވެ.