އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޮރިއާސްއާ ދެކޮޅަށް ކުޅުނު މެޗު ބޮސްޓަން ސެލްޓިކްސްއިން ކާމިޔާބުކޮށްފިއެވެ.
މިމެޗް ސެލްޓިކްސް ކާމިޔާބުކޮށްފައިވަނީ އޯވަަރ ޓައިމަށް ގޮސް 121 ޕޮއިންޓް 118 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ 34 ޕޮއިންޓް ހޯދާދީ 19 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ވޮރިއަރސްގެ ސްޓެފަން ކަރީވަނީ 29 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ.
މިމުބާރާތުގައި ޝިކާގޯ ބުލްސް އާއި ޑެޓްރޮއިންޓް ޕިސްޓަންސް ބައްދަލުކުރިމެޗް 126 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ ބުލްސްއެވެ. މިމެޗްގައި ބުލްސްގެ ޑިމާ ޑިރޯޒަންވަނީ 26 ޕޮއިންޓް ހޯދާދީ 9 ރީބައުންދް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ޕިސްޓަންސްގެ ބޮޔާން ބޮގްޑަނޮވިޗްވަނީ 25 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ.
މީގެއިތުރުން މިނެސޯޓާ ޓިމްބަރވުލްވްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 128 ޕޮއިންޓް 126 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބަރވުލްވްސްއެވެ. މިމެޗްގައި ޓިމްބަރވުލްވްސްގެ ކައިލް އެންދަރސަންވަނީ 20 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ރެޕްޓަރސްގެ ސްކޮޓީ ބަރންސްވަނީ 29 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ.