ކުޅިވަރު

ދެކުނު އެފްރިކާގެ ބެޓްސްމަން ހާޝިމް އަމްލާ ރިޓަޔާކޮށްފި


ދެކުނު އެފްރިކާގެ ބެޓްސްމަން ހާޝިމް އަމްލާ އުމުރުން 39 އަހަރުގައި ރިޓަޔާކޮށްފިއެވެ.

އަމްލާ އަކީ ޓެސްޓް ކްރިކެޓް ގައި ދެކުނު އެފްރިކާ އިން ދެ ވަނައަށް އެންމެ ގިނަ ލަނޑު ހަދާފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 124 ޓެސްޓް މެޗުން ޖުމްލަ 9282 ލަނޑު ހަދައިފަ އެވެ.

މި ލިސްޓުގެ އެއް ވަނައިގައި އޮތީ 13206 ލަނޑު ހެދި ކުރީގެ ކުޅުންތެރިޔާ ޖެކުއެސް ކަލީސް އެވެ. ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައީ) ކްރިކެޓް ގައި އަމްލާ ވަނީ 181 މެޗުން 8113 ލަނޑު ހަދައިފަ އެވެ. އޭގެ ތެރޭގައި 27 ފަހަރު އޭނާ ވަނީ ޗެންޗަރީ ހަމަކޮށްފަ އެވެ. މިއީ ވެސް ދެކުނު އެފްރިކާ ގައި ރެކޮޑް އަދަދެކެވެ.

ޓެސްޓް ކްރިކެޓް ގައި އަމްލާ އެންމެ ގިނަ ލަނޑު ހެދީ 2012 ވަނަ އަހަރު އޯވަލް ގައި އިންގްލެންޑާ ދެކޮޅަށެވެ. އެ މެޗުގައި ނުބައި ނުވެ 311 ލަނޑު ހެދި އެވެ. މިހާތަނަށް ދެކުނު އެފްރިކާގެ އެއްވެސް ކުޅުންތެރިއަކަށް މެޗެއްގައި ތިން ސެންޗަރީ ހަދައި މި ރެކޯޑް މުގުރާލެވިފައެއް ނުވެ އެވެ.

ދެކުނު އެފްރިކާގެ ގައުމީ ޓީމަށް 2004 ވަނަ އަހަރު ކުޅެން ފެށި އަމްލާ ވަނީ މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރު ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާ ވެފަ އެވެ.