ކުޅިވަރު

ލައިޕްޒީގާއި ބަޔާންގެ ކުރިމަތިލުން އެއްވަރު


ފީފާ ވޯލްޑް ކަޕަށް މެދުކަނޑާލުމަށްފަހު ޖަރުމަން ލީގުގެ ކުޅުން އަލުން ފެށިއިރު، ބަޔާން މިޔުނިކުން ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ.

ޖަރުމަން ލީގުގެ ކުޅުން އަލުން ފަށާފައިމިވަނީ 68 ދުވަހުގެ މެދު ކެނޑުމަކަށްފަހުއެވެ. ބަޔާން އާއި އާރްބީ ލިޕްޒިގް ބައްދަލުކުރިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރ ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބަޔޭން އިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ލިޕްޒިގްއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 37 ވަނަ މިނެޓްގައި ޖަހާ ލީޑް ނަގާފައިވަނީ ބަޔާން އިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އެރިކް މެކްސިމް ޗޯޕޯ މޯޓިންގއެވެ.

މިމެޗްގައި ލިޕްޒިގްއިން އެއްވަރު ކުރި ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހާދިނީ މާސެލް ހާލްސްޓެންބަރގްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. މިގޮތުން ބަޔާންގެ ސަރޖީ ގިނެބްރީ ފޮނުވާލި ހަމަލާއެއް ގޯލް ދަނޑިއަށް އަމާޒުވެފައިވާއިރު ލެއޮން ގޮރެޓްޒްކާ ޖެހި ލަނޑެއް ވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ. އަދި މެޗް ނިމެން ގާތް ވެފައިވަނިކޮށް މިމެޗުން ބަޔޭން މޮޅު ކޮށްދޭނެ ރަނގަޅު ފުރުސަތެއް ތޯމަސް މުލަރއަށްވެސް ލިބިގެންދިޔައެވެ.

މިމެޗް އެއްވަރު ވުމުން ބަޔާން މިހާރު އުޅެނީ 16 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގާ އުޅޭ ފްރެއިބަރގްއަށް ލިބިފައިވަނީ 15 މެޗުން 30 ޕޮއިންޓެވެ. އެހެން ކަމުން މިހަފްތާގައި ފްރެއިބަރގް ކުޅޭ މެޗް ކާމިޔާބުކޮށްފިކަމަށްވާނަމަ ބަޔާން އާއި ދެ ޕޮއިންޓަށް ގާތް ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ލިޕްޒިގް އުޅެނީ 16 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.