ކުޅިވަރު

ލިވަޕޫލާއި ޗެލްސީގެ ކުރިމަތިލުން އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ޗެލްސީއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. އެކަމަކު މިމެޗްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ޕްރިމިއަރ ލީގުގައި އެންމެ ފާހަގަ ކޮށްލެވޭ ދެޓީމްގެ ގޮތުގައި ވޭތުވެދިޔަ ސީޒަންތަކުގައި ފެނިގެން ގޮސްފައިވާ މިދެޓީމަށް މިސީޒަންގައި މާރަނގަޅު ނަތީޖާތަކެއް ހޯދެމުން ނުދިއުމުގެ ސަބަބުން މިދެޓީމްވެސް މިވަގުތު އުޅެނީ ތާވަލްގެ މެދުތެރޭގައެވެ.

މިމެޗްގެ ކުރީކޮޅު ޗެލްސީގެ ކައި ހަވާޓްޒް ލަނޑެއް ޖެހި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. މިމެޗްގައި ޗެލްސީއަށް އަލަށް ސޮއިކުރި ދެ ކުޅުންތެރިން ކަމަށްވާ މިހައިލޯ މުޑްރިކް އާއި ބެނޮއިޓް ބާޑިއަޝިލޭ ވަނ*ީ ކުޅެން އަރުވާފައިވެއެވެ. އަދި ދެވަނަ ހާފްގައި ކުޅެން އެރި މުޑްރިކްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ލިވަޕޫލާއި ފަހުން ގުޅުނު ކޯޑީ ގަކްޕޯއަށް މިމެޗްގައި މާރަނގަޅު ކުޅުމެއް ދެއްކޭގޮތެއްނުވިއެވެ.

މި މެޗް އެއްވަރުވުމުން ލިވަޕޫލް އުޅެނީ 19 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލްގެ އަށްވަނައިގައެވެ. އަދި ޗެލްސީ އުޅެނީ 29 ޕޮއިންޓާއެކު ނަމަވެސް ޖަހާފައިވާ ލަނޑަށް ބަލާއިރު ތާވަލްގެ 10 ވަނައިގައެވެ.