ކުޅިވަރު

ވަޔަޑޮލިޑް އަތުން އެތުލެޓިކޯއަށް ފަސޭހަ މޮޅެއް


ސްޕެނިޝް ލީގުގައި ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗު އެތުލެޓިކޯ މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މިމެޗް އެ ޓީމުން ކާމިޔާބުކުރީ 3 ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވަޔަޑޮލިޑްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އެތުލެޓިކޯއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި އެޓްލެޓިކޯއަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.

އަދި ދެވަނަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ޖަހާދިނީ އެންޓޮއިން ގްރީޒްމަންއެވެ. އަދި އެތުލެޓިކޯގެ ފަހު ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހާދިނީ މާރިއޯ ހަރމޯސާއެވެ. މިމެޗްގައި އެތުލެޓިކޯއާ އަލަށް ގުޅުނު މެންފިސް ޑެޕާއީ ވަނީ ކުޅެން އަރުވާފައެވެ. އޭނާ ކުޅެން އަރާފައިވަނީ މެޗްގެ ދެވަނަ ހާފްގައެވެ.

މިއީ އެތުލެޓިކޯއިން އެންމެ ފަހުން ކުޅުނު ހަތް މެޗްގެ ތެރެއިން މޮޅުވެވުނު ދެވަނަ މެޗެވެ. މިކާމިޔާބީއާއެކު އެތުލެޓިކޯ އުޅެނީ 18 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލްގެ 4 ވަނަގައެވެ. އަދި ވަޔަޑޮލިޑް އުޅެނީ 17 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.