އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ޓޮރޮންޓޯ ރެޕްޓާސްއާ ދެކޮޅަށް ކުޅުނު މެޗު ބޮސްޓަން ސެލްޓިކްސްއިން ކާމިޔާބުކޮށްފިއެވެ.
މިމެޗް ސެލްޓިކްސް ކާމިޔާބުކޮށްފައިވަނީ 106 ޕޮއިންޓް 104 ޕޮއިންޓުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސެލްޓިކްސްގެ ޖޭލަން ބްރައުން ވަނީ 27 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ރެޕްޓަރސްގެ ޕަސްކަލް ވަނީ 29 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 10 އެސިސްޓް ކޮށްފައެވެ.
މިމުބާރާތުގައި ކްލީވްލަންޑް ކެވެލިއާސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔަބުކުރީ ކެވެލިއާސްއެވެ. މިމެޗްގައި ކެވެލިއާސްގެ އިވާން މޮބްލޭ ވަނީ 38 ޕޮއިންޓް ހޯދާދޯ 9 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ. އަދި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 10 އެސިސްޓް ދިން ޖްރޫ ހޮލިޑޭއެވެ.
މީގެއިތުރުން ފީނިކްސް ސަންސް އާއި އިންޑިއާނާ ޕޭސާސް ބައްދަލުކުރިމެޗް 112 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ. މިމެޗްގައި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 4 އެސިސްޓް ދިން ޖޯޝް އޮކޯޖީއެވެ. އަދި ޕޭސާސްގެ ޓީޖޭ ވަނީ 18 ޕޮއިންޓް ހޯދާދޯ 10 ރީބައުންޑް ނަގާދީ 12 އެސިސްޓްކޮށް، މިމެޗްގައި ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ.