ކުޅިވަރު

ފްރެންޑްސް ފުޓްބޯލް އެކެޑަމީގެ މިނީ ވޯލްޑް ކަޕް ކާމިޔާބުކަމާއެކު ނިންމާލައިފި


ފްރެންޑްސް ފުޓްބޯލް އެކެޑަމީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މިނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފޯރިއާއެކު ނިންމާލައިފިއެވެ.

އާއްމުކޮށް ވޯލްޑްކަޕް ދުވަސްވަރު އޮންނަ މުބާރާތް މިފަހަރު ލަސްވެގެން ދިޔައީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އަހަރުގެ ފުރަތަމަޓާމް ޗުއްޓީ ބަންދާ ދިވާވުމުގެ ސަބަބުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށިގެން ކުރިޔަށްދިޔަ މުބާރާތުގައި މިފހަރު 5 އުމުރުފުރާއެއް ވަނީ ވާދަކޮށްފައެވެ. މުބާރާތުގައި އުމުރު ފުރާތަކުން ތަމްސީލުކޮއްފަ ވަނީ ވޯލްޑްކަޕްގައި ވާދަކުރި ގައުމުތަކުގެ ނަމުގައެވެ. މުބާރާތާ ގުޅޭ ގޮތުން ފްރެންޑްސް އެކަޑަމީގެ ރައީސް އަލީ އިބްރާހީމް ވިދާޅުވީ އެންމެ ބޮޑަށް ބަލާފަވާނީ ވޯލްޑްކަޕް ވަންތަން މުބާރާތެއްގެ ގޮތުގައި އެކުވެރި ވާދަވެރި ރޫހެއްގެ މުބާރާތް ގެންދަންކަމަށާއި މިފަހަރު މުބާރާތް ވަރަށް ކާމިޔާބުކަމަށެވެ. މުބާރާތުގައި 300 އަށް ވުރެ ގިނަ ކުދިން ވަނީ ފަސް އުމުރު ފުރަޔަކުން ވާދަކޮއްފައެވެ.

އިއްޔެގެ ނިޔަލަށް ހެންވޭރު ދަނޑު ކުރިޔަށްދިޔަ މުބާރާތުގައި އެންމެ ހަގު އުމުރުފުރާ ކަމުގަވާ ލިޓިލް ޖޫނިޔާ ބައިން ޗެމްޕިއަންކަން ސެނަގޯލް ހޯދި އިރު ޔަންގް ޖޫނިއަރ ބައިން ޗެމްޕިއަންކަން ހޯދީ އިރާންއެވެ. މިޑިލް ޖޫނިޔަރ ބައިގެ ޗެމްޕިއަންކަން ކެނެޑާ ހޯދިއިރު ޖުނިޔާ ބައިގެ ޗެމްޕިއަންކަން ސްޕެއިން ވަނީ ހޯދާފައެވެ. މުބާރާތުގެ ސީނިއަރ ބައިގެ ތަށި ހޯދީ ޖަރުމަނުންނެވެ. ފްރެންޑްސް އެންޑް ފެމެލީ އެކަޑަމީން އަންނަނީ މި ނޫނަސް އެކަޑަމީ މުބާރާތްތަކުގައި އެކި އުމުރުފުރާތަކުން ބައިވެރިވަމުންނެވެ.