އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ނިއުއޯލިއަންސް ޕެލިކަންސްއާ ދެކޮޅަށް ކުޅުނު މެޗު މިލްވައުކީ ބަކްސްއިން ކާމިޔާބުކޮށްފިއެވެ.
މިމެޗް ބަކްސް ކާމިޔާބުކޮށްފައިވަނީ 135 ޕޮއިންޓް 110 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯ ވަނީ 50 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ޕެލިކަންސްގެ ހޯސޭ އަލްވަރާޑޯ ވަނީ 18 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ.
މިމުބާރާތުގައި މެމްފިސް ގްރިޒްލީސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 112 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ގްރިޒްލީސްއެވެ. މިމެޗްގައި ގްރިޒްލީސްގެ ޖާ މޮރާންސްވަނީ 27 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 15 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ. އަދި ޕޭސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 3 އެސިސްޓް ދިން ބެނެޑިކްޓް މަތުރިންއެވެ.
މީގެއިތުުރުން ކްލީވްލަންޑް ކެވެލިއަރސް އާއި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރިމެޗް 122 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ ކެވެލިއަރސްއެވެ. މިމެޗްގައި ކެވެލިއަރސްގެ ސެޑީ އޮސްމަންވަނީ 29 ޕޮއިންޓް ހޯދާދީ 2 ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮށްފައެވެ. އަދި ކްލިޕަރސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 13 ޕޮއިންޓް ހޯދާދީ 16 ރީބައުންޑް ނަގާދިން މޯސެސް ބްރައުންއެވެ.