ކުޅިވަރު

އިންޑިއާނާ ޕޭސާސް އަތުން ކްލީވްލަންޑް ކެވެލިއާސްއަށް މޮޅެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި އިންޑިއާނާ ޕޭސާސްއާ ދެކޮޅަށް ކުޅުނު މެޗު ކްލީވްލަންޑް ކެވެލިއާސްއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް ކެވެލިއަރސް ކާމިޔާބުކޮށްފައިވަނީ 122 ޕޮއިންޓް 103 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ކެވެލިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 4 އެސިސްޓް ދިން ޑާރިއަސް ގާލަންޑްއެވެ. މިމެޗްގައި ޕޭސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދިން މައިލްސް ޓަރނަރއެވެ.

މިމުބާރާތުގައި ނިއުޔޯކް ނިކްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރިމެޗް 108 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. މިމެޗްގައި ނިކްސްގެ ޖޫލިއަސް ރެންޑްލްވަނީ 24 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ. އަދި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދީ 3 އެސިސްޓް ދިން ޖޮއެލް އެމްބިޑްއެވެ.

މީގެއިތުރުން ޓޮރޮންޓޯ ރެޕްޓަރސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 103 ޕޮއިންޓުން ކާޟިޔާޞުކުރީ ރެޕްޓަރސްއެވެ. މިމެޗްގައި ރެޕްޓަރސްގެ ޕަސްކަލް ސިއަކަމް ވަނީ 19 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި 26 ޕޮއިންޓް ހޯދާދީ 2 ރީބައުންޑް ނަގާދީ 4 އެސިސްޓް ދިން ޑެސްމޮންޑް ބޭންއެވެ.