އަންނަ ސީޒަނަށް ތައްޔާރުވާ ކުލަބް އީގަލްސްއިން އެ ޓީމަށް ކުރިން ކުޅެފައިވާ ކުޅުންތެރިންތަކުގެ ތެރެއިން މިޑްފީލްޑަރ އިބްރާހިމް މުބީން (މުއްކި) އަނެއްކާވެސް ގެނެސްފިއެވެ.
މުއްކި ވަނީ އޭނާގެ އުމުރުން 17 އަހަރުގައި އީގަލްސްއާ ގުޅިފައވެެ. އެންމެ ފަހުން އޭނާ އެ ޓީމަށް 2018 ވަނަ އަހަރު ކުޅެފައިވާއިރު، އޭގެ ފަހުން ފުރަތަމަ ޑިވިޝަނުން އޭނާ ނުފެނެއެވެ.
އޭގެފަހުން އޭނާ ބޮޑަށް ފެނިގެންދިޔައީ ފުޓްސަލްގެ ތެރެއިންނެވެ. އަދި ތިންވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުން ވެސް އޭނާ ފެނިގެންދިޔައެވެ. އޭނާ އެނބުރި އީގަލްސްއާ ގުޅިފައިވަނީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މުއްކި އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ގަދަ ދެ ޓީމުގެ ތެރެއިން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ބުރު ސްޕޯޓްސް ކްލަބުންނެވެ. އޭގެ ފަހުން، 2018 ވަނަ އަހަރުގެ ސީޒަނުގައި އީގަލްސް އަށް ކުޅުމަށް ފަހު، ދެން މުއްކި ފުރަތަމަ ޑިވިޝަނުގެ ޓީމަކުން ނުފެނެ އެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އީގަލްސްއަށް ވަނީ ޒުވާން ޤައުމީ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. މީގެއިތުރުން އެ ޓީމުގެ ދެ ތަޖުރިބާކާރު މިޑްފީލްޑަރުން ކަމަށްވާ އިމްރާން ނަޝީދު (އިންމަ) އާއި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ގެ އެއްބަސްވުން އެ ޓީމުން ވަނީ އާކޮށްފައެވެ.