ކުޅިވަރު

ޕްރިމިއާ ލީގުގެ ގަވާއިދުތަކާ ސިޓީ ޚިލާފުވެފައިވާ ކަމަށް ނިންމައިފި: ގާޑިއޯލާ


އިނގިރޭސި ޕްރިމިއަރ ލިގުގެ މާލީ ގަވައިދުތަކާއި އެލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ހިލާފުވެފައިވާކަމަށް މިހާރުވެސް ނިންމާފައިވާކަމަށް އެޓީމްގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ ޕްރިމިއަރ ލީގުގެ ސިޓީގެ މައްޗަށް ކުރި ދައުވާ ތަކަށްފަހު ޕެޕް ބޭއްވި ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުގައި ވާހަކަ ދައްކަމުންނެވެ.

ޕްރިމިއަރ ލީގުން މިދިޔަ ހޯމަދުވަހު ވަނީ އެލީގުގެ 100 އަށް ވުރެ ގިނަ މާލީ ގަވާއިދުތަކާއި ސިޓީން ގިނަ އަހަރުތަކެއްގެ މަތިން ހިލާފުވެފައިވާކަން ހާމަކޮށްފައެވެ. އަދި މި މައްސަލަ ބެލުމަށް މިނިވަން ކޮމިޝަނަކާއި ވަނީ ހަވާލުކޮށްފައެވެ. ޕެޕް ހާމަކުރިގޮތުގައި ޔުއެފާއިން ކުރިން އުފުލި މައްސަލަތަކާއި މި ކަންތައްތަކާއި މާބޮޑު ތަފާތުތަކެއް ނެތް ކަމަށާއި އެފަހަރުވެސް ސިޓީންވަނީ އެކްލަބުން ގޯސްކޮށް ކަމެއް ކޮށްފައިނުވާކަން ހާމަކޮށްދީފައިކަމަށެވެ.

ޕެޕް ހާމަކުރިގޮތުގައި މިދިޔަ ހޯމަދުވަހު ހިނގާދިޔައީ ޔުއޭފާއިން ކަންކުރި ގޮތަށް ކަމަށެވެ. އެފަރާތުން އެވަނީ ސިޓީއިން ކުއްކޮށްފައިވާކަމަށް ނިންމާފައެވެ. އަދި ދިފާއު ވުމުގެ ފުރުސަތެއް ނުވީ ލީގުގެ 19 ކްލަބުން އެދަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް މިކަންތަކުންވެސް ސިޓީ ސަލާމަތްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޕެޕް ހާމަކުރިއެރިއެވެ.

ސިޓީ އާއި ދެކޮޅަށް އުފުލާފައިވާ ދައުވާތައް އުފުލުމުގެ ފަހަތުގައި ވާދަވެރި ކްލަބްތަކުން ބޮޑު ދައުރެއް އަދާކޮށްފައިވާކަމަށްވެސް ޕެޕް އިޝާރާތް ކޮށްފައިވެއެވެ. އަދި އެހެން ކްލަބްތަކުން މިފެށީ އާކަމެއް ކަމަށާއި އެހެންކަމުން ކުރިއަށް އޮތްތާނގާ އެހެން ކްލަބްތަކަށްވެސް މިދުވަސް އައުން ދުރުނުވާނެކަމަށްވެސް ޕެޕް ވަނީ އިންޒާރުދީފައެވެ. އަދި ޕެޕް ސިޓީ ދޫކޮށް ދާން އުޅޭކަމަށް ގިނަ ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދީ ޕެޕް ހާމަކުރިގޮތުގައި އޭނާ ކްލަބްދޫކޮށް ދިއުމުގެއެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އަދި މިހާރު މިކްލަބްގައި ގިނަ ދުވަހު ހުރުމަށް މާބޮޑަށް ބޭނުންވެފައިވާކަމަށްވެސް ޕެޕް ހާމަކުރިއެވެ.

މީގެއިތުރުން ކޮމިޝަނުން ބެލުމަށްފަހު ސިޓީ ރެލިގޭޓް ކޮށްލިއަށް މާބޮޑަށް ހާސްނުވާކަމަށާއި މިކްލަބް މީގެކުރިންވެސް ދަށް ޑިވިޜަންތަކުގައި ވާދަކޮށް ކުރިއަރާފައިވާ ކަމަށެވެ. އަދި އެހެން ވެއްޖެނަމަ ކުރީގެ ތަރިން ފަދައިން އަނެއްކާވެސް އަނބުރާ ޕްރިމިއަރ ލީގަށް ކްލަބް އަންނާނެކަމަށް ޕެޕް ހާމަކުރިއެވެ.