އެސްޓީއޯއިން މިދިޔަމަހު 89000 އަށްވުރެ ގިނަ ބަސްތާގެ ކާޑު އެކި ސަރަހައްދުތަކަށް ފޮނުވައިފިއެވެ.
މާލެއާއި ރަށްރަށުގައި ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެސްޓީއޯއިން ބުނީ މިދިޔަމަހު މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް 89909 ބަސްތާ ކާޑު ފޮނުވާފައިވާކަމަށެވެ.
ގޮނދަން ފުށް – 33298 ބަސްތާ
ހަކުރު – 14928 ބަސްތާ
ހަނޑޫ- 41683 ބަސްތާ
ޖުމްލަ – 89909 ބަސްތާ ކާޑު
Overview of the staple food supplies for January 2023
— STO (@stoplc) February 12, 2023
▪ 41,683 bags of Rice
▪ 14,928 bags of Sugar
▪ 33,298 bags of Flour#servingthenation #foodsecurity #nationalservice#stostapleagents pic.twitter.com/s2ezRllSUY
މާލެ ސަރަހައްދުން މިދިޔަމަހު މުޅި ޖުމްލަ 1601 އޯޑަރު ލިބިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން މިދިޔަމަހުގެތެރޭ 4600 ބަސްތާ ފުށް، 1390 ބަސްތާ ހަކުރު އަދި 3340 ބަސްތާ ހަނޑޫ ވަނީ ފޯރުކޮށްދީފައެވެ.
އެސްޓީއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ތެރޭގައި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ އެކުންފުނީގެ 9 ރީޖަނަލް ފިހާރައަކަށް ކާޑުގެ ބާވަތްތައް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން މިދިޔަ މަހުގެތެރޭ ހިމެނެނީ 24152 ބަސްތާ ހަނޑުލާއި، 7893 ބަސްތާ ހަކުރާއި 19595 ބަސްތާ ފުށެވެ.
އެސްޓީއޯއިން ދަނީ އަތޮޅުތެރޭގައި ތިބި އެކުންފުނީގެ އެޖެންޓުން މެދުކޮށްވެސް ރަށްރަށަށް ބޭނުންވާ ކާޑުގެ ބާވަތްތައް ފޯރުކޮށްދެމުންނެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އެކުންފުނީގެ މިހާރު 578 ކާޑު އެޖެންޓުން އެބަތިއްބެވެ.
މިދިޔަމަހުގެތެރޭގައި މި އެޖެންޓުން މެދުވެރިކޮށް، އަތޮޅުތެރެއަށްވަނީ 13133 ބަސްތާ ފުށް، 6107 ބަސްތާ ހަކުރު އަދި 17637 ބަސްތާ ހަނޑޫ ފޯރުކޮށްދީފައެވެ.
އެސްޓީއޯއިން ދަނީ އާއްމުންނަށް ދަތިނުވެ ކާޑުގެ ބާވަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޑެލިވަރީ ކުރުމުގެ މަސައްކަތްވެސް ހަރުދަނާކޮށް، ކާޑު ރައްކާކުރެވޭނެ އިންތިޒާމްވެސް ޒަމާނީ ކުރުމުގެ މަސައްކަތްތައް އެކުންފުނިން ދަނީ ކުރަމުންނެވެ..