ޚަބަރު

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލާ މުއްދަތު އިތުރުކުރަނީ


ރިޔާސީ އިންތިޚާބުގައި ވާދަކުރަން ހުޅުވާލާ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބޭފުޅުންނަށް އިންތިޚާބުގައި ވާދަކުރުމަށް ކުރިން ދީފައި އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށެވެ.

މިބިލްގެ ފުރަތަމަ ކިއުން މިއަދު ވަނީ އިއްވާފައެވެ. މިހާރު ޤާނޫނުގައި އޮތް ގޮތުން ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު ލިބެނީ ޖުލައިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓްމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން މިމުއްދަތު 14 ދުވަހަށް އިތުރު ކުރެވިގެންދާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރައްވަމުންދަނީ އިންތިޚާބުގެ ރަޖިސްޓްރޭޝަންގެ މަސައްކަތް ފެށުމުގެ ކުރިން އެންމެ ލަސްވެގެން އޭޕްރީލްމަހުގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ގަވާއިދު ގެޒެޓުކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކުރައްވާނީ މެއިމަހުގެ 2 ވަނަ ދުވަހުއެވެ. އަދި ވޯޓު ލެވޭމީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް 30 ދުވަހުގެ މުއްދަތެއް ޖޫން މަހުގެ 2 އާއި ހަމައަށް ދިނުމަށް ވަނީ ނިންމާފައެވެ. އެމީހަކު ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް 21 ދުވަހުގެ މުއްދަތެއް ދެއްވާނެކަމަށާއި، އެގޮތުން 16 ޖުލައިން 5 އޯގަސްޓާއި ހަމައަށް އެ ފުރުޞަތު އޮންނާނެކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.