ކުޅިވަރު

އޯލާންޑޯ މެޖިކް އަތުން މިލްވައުކީ ބަކްސްއަށް މޮޅެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި އޯލާންޑޯ މެޖިކާ ދެކޮޅަށް ކުޅުނު މެޗު މިލްވައުކީ ބަކްސްއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް ބަކްސް ކާމިޔާބުކޮށްފައިވަނީ 134 ޕޮއިންޓް 123 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބަކްސްގެ ޙިރިސް މިޑްލްޓަން ވަނީ 24 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 11 އެސިސްޓް ނަގާދީފައެވެ. އަދި މެޖިކްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ.

މިމުބަރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 94 ޕޮއިންޓުން ކާމިޔާބުކުރީ ސެވަންޓީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރަސްގެ ޖޮއެލް އެމްބިޑް ވަނީ 39 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 4 އެސިސްޓް ދީފައެވެ. އަދި ޓިމްބަރވުލްވްސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެެވެ.

މީގެއިތުރުން ލޮސް އެންޖަލިސް ލޭކަރސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 112 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ލޭކަރސްއެވެ. މިމެޗްގައި ލޭކަރސްގެ އެންތަނީ ޑޭވިސް ވަނީ 30 ޕޮއިންޓް ހޯދާދީ 22 ރީބައުންޑް ނަގާދީ 3 އެސިސްޓް ދީފައެެވެ. އަދި ގްރިޒްލީސްގެ ޖަރެން ޖެކްސަން ޖޫނިއަރ ވަނީ 26 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީފައެވެ.