ކުޅިވަރު

ޓްރެއިލް ބްލޭޒާސް އަތުން ސެވަންޓީ ސިކްސާސްއަށް މޮޅެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސްއާ ދެކޮޅަށް ކުޅުނު މެޗު ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސްއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް ސިކްސަރސް ކާމިޔާބުކުރީ 120 ޕޮއިންޓް 119 ޕޮއިންޓްގެ ވަރަށް ކުދަ ތަފާތަކުންނެވެ.

ދެޓީމްގެ މެދުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑްވަނީ 39 ޕޮއިންޓް ހޯދާދީ 7 ރީބައުންދް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ޓްރެއިލް ބްލޭޒަރސްގެ ޑެމިއަން ލިލާޑްވަނީ 22 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 11 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ބްރޫކްލިން ނެޓްސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 124 ޕޮއިންޓް 123 ޕޮއިންޓުން ކާމިޔާބުކުރީ ނެޓްސްއެވެ. މިމެޗްގައި ނެޓްސްގެ ސްޕެންސަރ ޑިންވިޑީވަނީ 29 ޕޮއިންޓް ހޯދާދީ 3 ރީބައުންދް ނަގާދީ 11 އެސިސްޓް ކޮށްފައެވެ. އަދި ވުލްވްސްގެ ރޫޑީ ގޮބަރޓްވަނީ 26 ޕޮއިންޓް ހޯދާދީ 13 ރީބައުންދް ނަގާދީ 3 އެސިސްޓް ކޮށްފައެވެ.

މީގެއިތުރުން ސެން އެންޓޯނިއޯ ސްޕަރސް އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރިމެޗް 128 ޕޮއިންތް 120 ޕޮއިންޓުން ކާމިޔާބުކުރީ ސްޕަރސްއެވެ. މިމެޗްގައި ސްޕަރސްގެ ކެލްޑޮން ޖޯންސަންވަނީ 23 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 37 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 11 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ.