ޚަބަރު

އެމެރިކާގެ ވަޒީފާގެ ބާޒާރަށް ކުރިއެރުން


އެމެރިކާގެ ވަޒީފާގެ ބާޒާރަށް ފެބްރުއަރީމަހު 311000 ވަޒީފާ އިތުރުވެފައިވާކަމަށް އެ ގައުމުގެ ބިއުރޯ އޮފް ލޭބަރ ސްޓެޓިސްޓިކްސް އިން ހުކުރު ދުވަހު އާންމުކުރި އެންމެ ފަހުގެ ހިސާބުތަކުން ދައްކައިފިއެވެ.

މިއާއިއެކު އެމެރިކާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ %3.6 އިން %3.4 އަށް ދަށްވެފައެވެ.

މި އަދަދަކީ ޖެނުއަރީމަހު ލޭބަރ ޑިޕާޓްމަންޓުން އިސްލާހުކޮށްފައިވާ 504000 އާ ވަޒީފާއަށް ވުރެ ވަރަށް ބޮޑަށް ދަށް އަދަދެކެވެ. "ވަޒީފާގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިފައިވަނީ ލެޝަރ ހޮސްޕިޓާލިޓީ، ރީޓެއިލް ވިޔަފާރިއާއި، ސަރުކާރާއި، ސިއްހީ ފަރުވާގެ ދާއިރާއިން،" ލޭބަރ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

މީގެ އިތުރުން އިންފޮރމޭޝަން ދާއިރާ އާއި ދަތުރުފަތުރާއި ވެއާރހައުސިންގ ދާއިރާއިން ވަޒީފާތައް މަދުވެފައިވާކަމަށްވެސް ރިޕޯޓުގައި އިތުރަށް ބުނެފައިވެއެވެ.

އެމެރިކާއިން ވަޒީފާތައް އިތުރުކޮށްފައި މިވަނީ އެ ގައުމުގެ އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް ލަފާ ކުރި ވަރަށް ވުރެ ބޮޑަށް މަރުކަޒީ ބޭންކުން އިންޓަރެސްޓް ރޭޓް މަތިކުރަން ތައްޔާރަށް އޮތް ކަމަށް ފެޑެރަލް ރިޒާވްގެ ޗެއާ ޖެރޯމް ޕަވަލް ވިދާޅުވިތާ ދުވަސްތަކެއް ފަހުންނެވެ.

އިގްތިސާދު ލަސްކޮށް، ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައިވެސް މަތި ނުވާ މިންވަރަށް މަތިވެފައި އޮތް އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް ފެޑްއިން ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން މަސައްކަތް ކުރަމުން އައި ނަމަވެސް ވަޒީފާގެ ބާޒާރުން އަންނަނީ އެ މަސައްކަތްތަކަށް ހުރަސް އަޅަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަހުން މަހަށް ވަޒީފާގެ ކުރިއެރުން ލިބެނީ ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ވުރެ އިތުރަށްކަމަށް ބީއެލްއެސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް ވަޒީފާގެ ބާޒާރު އަދިވެސް މާބޮޑަށް ކުރިއަރާފައެއްނުވެއެވެ.

ފެބްރުއަރީމަހު މުވައްޒަފަކަށް އެވްރެޖްކޮށް ގަޑިއަކު ލިބޭ އާމްދަނީ %0.2 އަށް އިތުރުވެ، 33.09 އެމެރިކާ އެމެރިކާ ޑޮލަރަށް އަރާފައިވެއެވެ. ފާއިތުވި އަހަރަށް ބަލާއިރު މުވައްޒަފުންގެ އާމްދަނީ ވަނީ %4.6 ށް އިތުރުވެފައެވެ.