އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި އިންޑިއާނާ ޕޭސާސް އަތުން މިލްވައުކީ ބަކްސް ބަލިވެއްޖެއެވެ.
މިސީޒަންގައި މިހާތަނަށް އެެންމެ ގިނަ މެޗް ކާމިޔާބުކޮށްފައިވާ ބަކްސް މިމެޗުން ބަލިވީ 139 ޕޮއިންޓް 123 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޕޭސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދާދީ 3 ރީބައުންދް ނަގާދީ 12 އެސިސްޓް ދިން ޓީ ޖޭ މެކްކޯނެލްއެވެ. އަދި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަދިނީ 25 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 5 އެސިސްޓް ދިން ޖިއާނިސް އެންޓެޓޮކޮއުމްޕޯއެވެ.
މިމުބާރާތުގައި ޑެންވަރ ނަގެޓްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 119 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބު ކުރީ ނަގެޓްސްއެވެ. މިމެޗްގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 30 ޕޮއިންޓް ހޯދާދޯ 10 ރީބައުންދް ނަގާދި 9 އެސިސްޓް ކޮށްފައެވެ. އަދި ޕިސްޓަންސްގެ ޖެލެން ޑުރެން ވަނީ 15 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ.
މީގެއިތުރުން ސެކްރެމެންޓޯ ކިންގްސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް 101 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބުކުރީ ކިންސްއެވެ. މިސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކިންސްގެ ޑޮމަންޓާސް ސަބޮނިސްވަނީ 24 ޕޮއިންޓް ހޯދާދީ 21 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ނެޓްސްގެ މިކާލް ބްރިޖެސްވަނީ 23 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮށްފައެވެ.