ޚަބަރު

އަޟްހާ ޢީދާ ގުޅިގެން 24 އަދި 25 ބަންދު, 9 ދުވަހުގެ ބަންދެއް


  • މިގޮތަށް ހަމަޖެއްސެވީ މެދުނުކެނޑޭގޮތަށް ޢީދަށް ބަންދު ދުވަސްތަކެއް ދިނުމަށް

  • އަޟްހާ ޢީދު ދުވަހަކީ މެއި 27

އަޟްހާ ޢީދާ ގުޅިގެން މި މަހުގެ 24 އަދި 25 ބަންދު ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، 24 މެއި ވާ އާދިއްތަ ދުވަހާއި 25 މެއި ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.

އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެމަތީން، 31 މެއި ވާ އާދީއްތަ ދުވަހު ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިއަހަރުގެ ޙައްޖު ދުވަސް ވަނީ، މި މަހުގެ 26 ވާ އަންގާރަ ދުވަހަށެވެ. އަދި އަޟްހާ ޢީދު ދުވަހަކީ މި މަހުގެ 27ވާ ބުދަ ދުވަހަށެވެ.