އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުން މީހެއްގެ ލޮލުން އެފްރިކަން އައިވޯމްއެއް ނެގުމަށް ކާމިޔާބު އޮޕަރޭޝަނެއްކޮށްފިއެވެ.
އެފްރިކަން އައި ވޯމް ނުވަތަ "ލޮއިއޭސިސް" އަކީ ޕެރަސައިޓް ފަންޏެއް ކަމަށްވާ ލޮއަ ލޮއާގެ ސަބަބުން ޖެހޭ އިންފެކްޝަނެކެވެ. އެއީ އެފްރިކާއިން ނޫނީ ވަރަށް މަދުން ފެންނަ އެއްޗެކެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ އެފްރިކަން އައިވޯމް ފެނިފައި ވަނީ އެ ހޮސްޕިޓަލަށް ދެއްކި ބިދޭސީ ފިރިހެނެއްގެ ލޮލުން ކަމަށެވެ. އޭނާ ޑޮކްޓަރަށް ދެއްކީ ލޯ ރަތްވެ، ހިރުވާ، އެއްޗެއް ލޮލުގައި އުޅޭ ކަހަލަ އިހުސާސެއް ކުރެވޭތީކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.
އެމީހާ އެފްރިކަން އައި ވޯމްއަށް ޑައިގްނޯސްކޮށްފައި ވަނީ ބަލިމީހާގެ ލޮލުގެ ފެން ފަށަލައިން އެ ފަނި ފެނުމުންނެވެ. އަދި އޮޕަރޭޝަންކޮށް ފަނި މިހާރު ވަނީ ނަގާފައެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ، ބަލިމީހާއަށް ދޭންޖެހޭ އިތުރު ފަރުވާވެސް ދެމުން އަންނަކަމަށެވެ.
ލޮއޭސިސް ނުވަތަ އާންމުކޮށް ކިޔާ ނަމުންނަމަ އެފްރިކަން އައި ވޯމްއަކީ ޕެރަސައިޓް ފަންޏެއް ކަމަށްވާ ލޮއަ ލޮއާގެ ސަބަބުން ޖެހޭ އިންފެކްޝަނެކެވެ. މި ބަލި ޖެހެނީ އިންފެކްޓްވެފައިވާ ޑިއާ ފްލައިސް ކިޔާ ސުއިއްޕެއް ދަތް އެޅުމުންނެވެ. ޑިއާ ފްލައިސް އިންފެކްޓް ވަނީ މި ބަލި ޖެހިފައިވާ މީހެއްގެ ގައިން ލޭ ބޮއެގެންނެވެ.
Our Ophthalmology team removed a Loa Loa ( commonly known as African Eye Worm ) under topical anesthesia from the conjunctiva of a patient who presented with mild redness and foreign body sensation in the eye which revealed the very rare case.
— Addu Equatorial Hospital (@aeh_mv) April 1, 2023
Follow Our Journey!@presidencymv pic.twitter.com/0Qyk5NEzBC
މި ބަލި ޖެހިފައިވާ މީހުންނަށް މަސްތަކެއް ވަންދެން އެއްވެސް އަލާމާތެއް ނުފެނިވެސް ހުރެދާނެއެވެ. ބަލި ޖެހިފައިވާ މީހުންގެ ގައިގެ އެކި ތަންތަން ހިރުވާ، ދުޅަވެފައި ހުރެދާނެއެވެ. މިއީ އާންމުކޮށް ހުޅުތައް ކައިރިން ތަދުނުވާ ޒާތެއްގެ ދުޅައެއް ކަމަށްވާއިރު، ބައެއް ފަހަރު ދުޅަ ތިރިވެ، އަނެއްކާވެސް ދުޅަވެއެވެ.
ބަލި ޖެހިފައިވާ މީހުންގެ ލޮލުގެ ފެން ފަށަލައިގެ ތެރޭގައި، ފަންޏެއް އުފެދެއެވެ. އަދި، އެ ފަނި ލޯ ތެރޭގައި އުޅޭ ކަމުގެ އިހުސާސް ވެސް ކުރެވޭއިރު ބަލާ މީހަކަށް ފަނި ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
މަދުން ފެންނަ މި ބަލީގެ އިތުރު އަލާމާތްތަކުގެ ތެރޭގައި މުޅި ހަށިގަނޑު ހިރުވުމާއި، މަސްތަކާއި، ހުޅުތަކުގައި ރިއްސުން އަދި ވަރުބަލިވުން ހިމެނެއެވެ.