ކުޅިވަރު

ސެވިއްޔާ އާއި ސެލްޓަ ވީގޯގެ ކުރިމަތިލުން އެއްވަރު


ސްޕެނިޝް ލަލީގާގައި ސެވިއްޔާ އާއި ސެލްޓަވީގޯ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސެލްޓާއިންނެވެ. މެޗްގެ 19 ވަނަ މިނެޓްގައި ސެވިއްޔާގެ ޕެޕޭ ގުއޭޔޭ އަށް ދެއްކި ރަތް ކާޑާއެކު މެޗްގެ ބާކީ ބައި ސެވިއްޔާއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.

މިއާއެކުވެސް މިމެޗްގެ ލީގު ފުރަތަމަ ހާފް ނިމެން 2 މިނެޓަށް ވެފައިވަނިކޮށް ޖަހާ ލީޑު ނެގީ ސެވިއްޔާއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔުސުލް އެން ނެސީރީއެވެ. އަދި މެޗްގެ 81 ވަނަ މިނެޓްގައި މާކޮސް އަކޫންޔާ ޖަހާދިން ލަނޑާއެކު ސެވިއްޔާއިން މިމެޗްގެ ލީޑު ފުޅާވެސް ކުރިއެވެ. މިމެޗްގައި ސެލްޓާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ މިގުއެލް ރޮޑްރިގޭޒްއެެވެ.

މެޗްގެ ނަތީޖާ ހަމަހަމަކުރި ލަނޑު ސެލްޓާއަށް ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ގޮންކާލޯ ޕަސިއެންސިއާއެވެ. މި މެޗްގެ އިތުރުވަގުތުގެ ފަސްވަނަ މިނެޓްގައި ސެވިއްޔާއަށް ދެވަނަ ލަނޑު ޖަހާދިން އަކުންޔާއަށްވެސް ވަނީ ރަތްކާޑު ދައްކާފައެވެ.

މިމެޗް އެއްވަރުވުމާއެކު ސެލްޓަވީގޯ މިހާރު އުޅެނީ ކުޅުނު 28 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ. އަދި ސެވިއްޔާ އުޅެނީ 32 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.