އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި މެމްފިސް ގްރިޒްލީސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރިމެޗް ގްރިޒްލީސް ކާމިޔާބުކޮށްފިއެވެ. މި މެޗް ގްރިޒްލީސް ކާމިޔާބުކޮށްފައިވަނީ 137 ޕޮއިންޓް 114 ޕޮއިންޓުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގްރިޒްލީސްގެ ޖަރެން ޖެކްސަން ޖުނިއަރވަނީ 36 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮށްފައެވެ. އަދި ބަކްސްގެ ލިންޑެލް ވިގިންޓަންވަނީ 25 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 11 އެސިސްޓް ކޮށްފައެވެ. މިމުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ސެލްޓިކްސްއެވެ.
މެޗްގައި ސެލްޓިކްސްގެ ސޭމް ހައުސަރވަނީ 26 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދި 2 އެސިސްޓް ކޮށްފައެވެ. އަދި ރެޕްޓަރސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދި 2 އެސިސްޓް ދިން ޕަސްކަލް ސިއަކަމްއެެވެ.
މީގެއިތުރުން ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސްއާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް 136 ޕޮއިންޓް 131 ޕޮއިންޓުން ކާމިޔާބުކުރި ސެވަންޓީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްގެ ޖަލެން މެކްޑެނިއެލްސްވަނީ 24 ޕޮއިންޓް ހޯދާދީ 11 ރީބަައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ. އަދި ހޯކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ގޯދާދީ 3 ރީބައުންޑް ނަގާދީ 20 އެސިސްޓް ދިން ޓްރެއި ޔަންގްއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ލޮސް އެންޖަލިސް ލޭކަރސް އާއި ފީނިކްސް ސަންސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 107 ޕޮއިންޓުން ލޭކަރސް ކާމިޔާބުކުރިއިރު ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 119 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބުކުރީ ވޮރިއަރސްއެެވެ.
ޝިކާގޯ ބުލްސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރިމެޗް 115 ޕޮއިންޓް 112 ޕޮއިންޓުން ބުލްސް ކާމިޔާބުކުރިއިރު ބްރޫކްލިން ނެޓްސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 101 ޕޮއިންޓް 84 ޕޮއިންޓުން ކާމިޔާބުކުރީ ނެޓްސްއެވެ.