ޖަރުމަން ލީގުގައި ފްރެއިބާގް ބަލިކޮށް ތާވަލުގެ އެއްވަނަ މަގާމު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ދިފާއުކޮށްފިއެވެ.
ފްރެއިބާގުގެ ދަނޑުގައި ކުޅުނު މިމެޗް ބަޔޭން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.
މިނިމުނު ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ޖަރމަން ކަޕްއިން ބަޔޭން ކަޓުވާލި ފްރެއިބާގަށް މިމެޗްގައި ލަނޑެއް ނުޖެހުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ތަނަވަސްކުރިކަން ފާހަގަ ކޮށްލެވެއެވެ. މިމެޗްގައި ބަޔޭންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ޖަހާދިނީ ޑިފެންޑަރ މެތިއެސް ޑި ލީޓްއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.
މިކާމިޔާބީއާއެކު ބަޔޭންއަށް މިހާރުވަނީ ކުޅުނު 27 މެޗުން 58 ޕޮއިންޓް ލިބިފައެވެ. މިއީ ދެވަނައިގާއުޅޭ ބޮރޫޝިއާ ޑޯޓްމުންޑަށް ވުރެ ދެ ޕޮއިންޓް އިތުރު އަދަދެކެވެ. އަދި މިމެޗުން ބަލިވުމުވާއެކު ފްރެއިބަރގް މިހާރު އުޅެނީ 47 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. މިމުބާރާތުގައި ރޭ ޑޯޓްމުންޑާއި ތިންވަނައިގާ އުޅޭ ޔޫނިއަން ބަރލިން ބައްދަލުކުރިމެޗް 2 ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ޑޯޓްމުންޑެވެ.
ބަޔޭންވަނީ މިދިޔަ 10 ސީޒަންގައިވެސް ޖަރުމަން ލީގުގެ ތަށި ކާމިޔާބުކޮށްފައެވެ. އެކަމަކު މިއީ ބަޔޭންއަށް ފަހަކަށް އައިސް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަމުން އަންނަ ސީޒަނެވެ.