ކުޅިވަރު

އިހާ ރަމަޟާން ޓީޓީ ޗެލެންޖް ފޯރީގައި ކުރިއަށް


ޓޭބަލް ޓެނިސް ކުލަބެއް ކަމަށްވާ އިހާ އެކެޑަމީ އާއި ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ އިހާ ރަމަޟާން ޓީޓީ ޗެލެންޖުގެ ކުޅުން ފަށައިފިއެވެ.

މިއީ ވައިޑީޕީގައި ހިމެނޭ ކުދިން ހިމަނައިގެން މާލެ ސަރަހައްދުގައި ޓީޓީ ކުޅޭ ޖޫނިއާ ކުޅުންތެރިންނަށް ހާއްސަކޮއްގެން ކުރިޔަށްދާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގެ 50 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

މުބާރާތާ ގުޅޭގޮތުން އިހާ އެކަޑަމީގެ ފައުންޑަރ އިބްރާހީމް ލަތީފު ބުނީ މިއަހަރުގެ މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށާއި މިއަހަރުގެ މުބާޜާތުގައި ނިންމާލުމުގެ ކުރިން މުބާރާތުން ހޮވާލެވޭ ޑްރީމް ޓީމެއްގެ މެދު މެޗެއް ކުޅުމަށް ހަމަޖެހިފަވާކަމަށެވެ.

މި މުބާރާތުގައި އެ އަކަޑަމީގެ 20 ކުޅުންތެރިޔެއްގެ އިތުރުން އަމިއްލަ ކޯޗުން ތަމްރީންދޭ ބައެއް ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށް އިހާ އެކަޑަމީން މައުލޫމާތުދެއެވެ. މި އަހަރު މުބާރާތް ހާއްސަ ކުރެވިފައިވަނީ 10 އަހަރުންދަށް އަދި 13 އަހަރުންދަށަށެވެ. މުބާރާތް ކުރިޔަށްދާނީ މާދަމާ ރޭގެ ނިޔަލަށް މާލޭ ޓީޓީ ހޯލުގައެވެ.