ކުޅިވަރު

ޔޫރޯ 2028 އަށް އިންގްލަންޑާއި އަޔަލަންޑުން ހުށަހެޅި ބިޑުގައި 10 ސްޓޭޑިއަމެއް


ޔުއެފާ ޔޫރޯ 2028 ބޭއްވުމަށް އިނގިރޭސިވިލާތާއި ރިޕަބްލިކް އޮފް އަޔަލަންޑް ގުޅިގެން ހުށަހެޅި ބިޑްގެ ދަށުން 10 ސްޓޭޑިއަމްއެއް ބޭނުން ކުރުމަށް ހަމަޖެހިފައިވާކަމަށް އެ ދެޤައުމުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތާއި ރިޕަބްލިކް އޮފް އަޔަލަންޑުން ހުށަހެޅި ބިޑްގައި އަދި ހަދާފައި ނުވާ ދެ ސްޓޭޑިއަމްެއެއް ވަނީ ހިމަނާފައެވެ. މި ބިޑްގައި ހިމަނާފައިވާ ސްޓޭޑިއަމްތަކުގެ ތެރޭގައި ބެލްފާސްޓްގެ ކޭސްމަންޓް ޕާރކް އާއި އެވަޓަންގެ ބްރެމްލީ މޯ ޑޮކް ސްޓޭޑިއަމް ހިމެނެއެވެ. މީގެ ތެރެއިން ކޭސްމަންޓް ޕާރކް އަކީ އަދި ހަދަން ފަށާފައިވެސް ނުވާ ސްޓޭޑިއަމްއެކެވެ. އަދި ބްރެމްލީ މޯ ޑޮކް ހެދުމުގެ މަސައްކަތް އަދި ކިރިޔާ ފެށުނީއެވެ.

ފުޓްބޯޅަ ފަސް އެސޯސިއޭޝަނެއް ނިސްބަތްވާ މިދެޤައުމުން އެންމެ ފުރަތަމަ ހުށަހެޅި ބިޑްގައި 14 ސްޓޭޑިއަމްއެއް ހިމެނިފައިވީ ނަމަވެސް މިހާރު ހިމެނޭ އަނެއް އަށް ސްޓޭޑިއަމްއަކީ ގްލާސްގޯގެ ހެމްޕްޑެން ޕާރކް، ކާޑިފްގެ ޕްރިންސިޕަލްޓީ ސްޓޭޑިއަމް، އިންގްލަންޑަށް ނިސްބަތްވާ ވެމްބްލީ ސްޓޭޑިއަމް، ސެއިންޓް ޖޭމްސް ޕާރކް، ވިލާ ޕާރކް، އިއްތިހާދު ސްޓޭޑިއަމް، ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމް އަދި ޑަބްލިންގެ އަވީވާ ސްޓޭޑިއަމްއެވެ.

2028 ވަނަ އަހަރުގެ ޔޫރޯ ބޭއްވުމަށް ދެން ބިޑް ކޮށްފައިވަނީ ތުރުކީވިލާތުންނެވެ. އަދި މިމުބާރާތް ކާމިޔާބު ކުރި ބިޑް އިޢުލާން ކުރުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮންނާނެއެވެ. އެންމެ ފުރަތަމަ ހުށަހެޅި ބިޑްގައި ހިމެނުނު 14 ސްޓޭޑިއަމްގެ ތެރެއިން އުނިކުރެވިފައިވަނީ އިންގްލަންޑްގައި އެންމެ ޖާގަ ބޮޑު ސްޓޭޑިއަމް ކަމަށްވާ އޯލްޑް ޓްރެފަޑް، ސްޓޭޑިއަމް އޮފް ލައިޓް، ލަންޑަން ސްޓޭޑިއަމް އަދި ޑަބްލިންގެ ކްރޯކް ޕާރކްއެވެ.

މި ސްޓޭޑިއަމްތައް ބާކީ ކުރެވިފައިވަނީ ފަހުގެ ޒަމާނީ ސްޓޭޑިއަމްތަކުގައި މުބާރާތުގެ މެޗްތައް ކުޅުމުގެ އިންތިޒާމްތައް ހަމަޖައްސާ ހިންގުމަށް ފަސޭހަ ތަކެއް ހުރުމުންކަމަށް މައުލޫމާތުލިބިފައިވެއެވެ. މިބިޑަށްވަނީ އިނގިރޭސި ބޮޑު ވަޒީރު ރިޝީ ސުނާކް އާއި އައިރިޝް ބޮޑުވަޒީރު ލިއޯ ވަރަޑްކާރ އާއި ސްކޮޓްލަންޑްގެ ފަސްޓް މިނިސްޓަރ ހަމްޒާ ޔޫސަފް އަދި ވޭލްސްގެ ފަސްޓް މިނިސްޓަރ މާރކް ޑްރޭކްފަޑްގެ ރުހުންވެސް ލިބިފައެވެ.