ކުޅިވަރު

ޕޮޒްނާން ބަލިކޮށް ފިއޮރެންޓީނާ ސެމީ ފައިނަލާ ގާތަށް


ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ލެޗް ޕޮޒްނާން ބަލިކޮށް ސެމީ ފައިނަލާ ގާތަށް ފިއޮރެންޓީނާ ޖެހިލައިފިއެވެ.

ޕޮޒްނާންގެ ދަނޑުގައި ކުޅުނު މި މެޗު ފިއޮރެންޓީނާއިން ކާމިޔާބުކުރީ ހަތަރު ލަނޑު އެއް ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާ އުފައްދާފައިވަނީ ފިއޮރެންޓީނާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 4 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ފިއޮރެންޓީނާއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަރތަރ ކަބްރާލްއެވެ. ނަމަވެސް މިލަނޑު ޖެހިތާ 16 މިނެޓްފަހުން ޕޮޒްނާންއިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ކްރިސްޓޮފަރ ވަލްޑޭއެވެ.

މިމެޗްގައި ފިއޮރެންޓީނާއިން ދެވަނަ ފަހަރަށް ލީޑު ނެގީ 41 ވަނަ މިނެޓްގައި ނިކޮލާ ގޮންޒާލޭސް ޖަހާދިން ލަނޑުންނެވެ. ފިއޮރެންޓީނާއިން މިމެޗްގައި ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ޖަހާދިނީ ޖިއާކޯމޯ ބޮނަވެންޗޫރާއެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހާދިނީ ޖޮނަތަން އިކޯންެއެވެ.

މިކާމިޔާބީއާއެކު ދެވަނަ ލެގަށް އަމިއްލަ ދަނޑުގައި ނިކުންނައިރު ފިއޮރެންޓީނާއަށް ސެމީފައިނަލުން ޖާގަހޯދުމުގެ ފުރުސަތު ބޮޑުކަމަށް ގަބޫލް ކުރެއެވެ. އަދި ޕޮޒްނާންއިން ސެމީފައިނަލުން ޖާގައެއް ހޯދަން ބޭނުންކަމަށް ވާނަމަ ދެވަނަ ލެގް 4 ލަނޑުގެ ތަފާތުން ކާމިޔާބު ކުރަން ޖެހޭނެއެވެ.