ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ވަރަކަޕޯލާ އާއި ފަތަހަ ސްޓާސްއިން ހޯދައިފިއެވެ.
ސެމީގެ ޖާގައެއް ވަރަކަޕޯލާއިން ހޯދީ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި ލަންކާ ލަޔަންސްއާ ވާދަކޮށް ފަސް ވިކެޓުން މޮޅުވެގެންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ވަރަކަޕޯލާ ނިންމީ ހޮވުމަށެވެ. އެއާއެކު ލަންކާ ލަޔަންސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 89 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 34 ލަނޑު ހެދި ޖަނަކަ މަލިންދައެވެ.
ޖަވާބުގައި ވަރަކަޕޯލާ ކުޅެން އަރައި ހަތްވަނަ އޯވަރުގައި ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 91 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 15 ބޯޅައިން 33 ލަނޑު އެއްކުރި މުޙައްމަދު ޝިޔާމެވެ.
މީގެ އިތުރުން މި މުބާރާތުގެ ސެމީގެ ޖާގައެއް ފަތަހަ ސްޓާސްއިން ހޯދީ ހޯމަ ދުވަހުގެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް ފަހު މެޗުގައި ސީ މާސްޓާސް ލައިންސްއާ ވާދަކޮށް ހަ ވިކެޓުން މޮޅުވެގެންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ސީ މާސްޓާސް ލައިންސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 108 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 27 ލަނޑު ހެދި ޕިޔާލްއެވެ.
ޖަވާބުގައި ފަތަހަ ސްޓާސް ކުޅެން އަރައި ހަތްވަނަ އޯވަރުގައި ވަނީ އެއް ކުޅުންތެރިއަކު ނުބައިވެގެން 111 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ އަށް ބޯޅައިން 33 ލަނޑު ހެދި ސައިދުލް އިސްލާމާއޮ 14 ބޯޅައިން 31 ލަނޑު އެއްކުރި ކައުސަރު އަޙްމަދެވެ.
ކޮމްޕެނީތަކަށް ހުޅުވާލި ޓޭޕް ބޯލް މުބާރާތުގެ ކްއާރޓާފައިންލްގެ ފަހު ދެމެޗް މިއަދު ކުޅެވުނުއެވެ. ފުރަތަމަ މެޗް ލަންކާ ލަޔަންސްއާއި ބައްދަލުކޮށް ވަރަކަޕޯލާ ކާމިޔާބުކުރީ 5 ވިކެޓުންއެވެ. ދެވަނަ މެޗް ސީމާރސްޓަރ ލައިންސއާއި ބައްދަލުކޮށް ފަތަހަ ސްޓާރސްކާމިޔާބުކުރީ 7 ވިކެޓުންއެވެ.
މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި އަހިންޝަކާސް އާއި ފަތަހަ ސްޓާސް ބައްދަލުކުރާއިރު، ދެވަނަ ސެމީގައި ބައްދަލުކުރާނީ ވަރަކަޕޯލާ އާއި ވާމިލިޔަންއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހަވީރެވެ.