ކުޅިވަރު

ޗެންނާއި ސުޕަ ކިންގްސް އަތުން ރޯޔަލް ޗެލެންޖާސް ބެންގަލޯ ބަލިވެއްޖެ


އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ތާރީޚުގައި އެންމެ ބޮޑު ރަން ޗޭސް ރޯޔަލް ޗެލެންޖާސް ބެންގަލޯއަށް ހެދިދާނެ ކަމަށް ބެލެވުނު ނަމަވެސް، އެންމެ ފަހު ވަގުތު ޗެންނާއި ސުޕަ ކިންގްސް އަތުން އެ ޓީމު ބަލިވެއްޖެއެވެ.

މިމެޗްގައި ސުޕަރ ކިންގްސް އަތުން ރޯޔަލް ޗެލެންޖަރސް ބަލިވީ އަށް ލަނޑުންނެވެ.

މެޗްގެ ޓޮސް ދިމާވުމުން ރޯޔަލް ޗެލެންޖަރސް ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން ސުޕަރ ކިންގްސް އިން އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 226 ލަނޑެވެ. އެޓީމަށް އެްމެ ރަނގަޅަށް ކުޅުނީ 45 ބޯޅައިން 83 ލަނޑު ހަދާދިން ޑެވޮން ކޯންވޭއެވެ. އަދި ޝިވަމް ޑޫބޭވަނީ މިމެޗްގައި 52 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި ރޯޔަލް ޗެލެންޖަރސްއަށް އުކި ހަ ކުޅުންތެރިންވެސް ވަނީ އެއް ވިކެޓް ނަގާދީފައެވެ.

ޖަވާބުގައި ރޯޔަލް ޗެލެންޖަރސްއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 218 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 76 ލަނޑު ހަދާދިން ގްލެން މެކްސްވެލްއެވެ. އަދި ކެޕްޓަން ފަފް ޑުޕްލެސިސްވަނީ 62 ލަނޑު ހަދާދީފައެވެ. ސުޕަރ ކިންގްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 45 ލަނޑަށް 3 ވިކެޓް ނަގާދިން ޓުޝާރު ޑޭޝްޕާންޑޭއެވެ.

މިކާމިޔާބީއާއެކު ޗެންނާއި ކުޅުނު ފަސް މެޗުން 6 ޕޮއިންޓް ހޯދާ ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލިއިރު ބެންގަލޯ އުޅެނީ 4 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ.