ނ. ކެނދިކުޅުދޫގައި ހެދުމަށް ހަމަޖެހިފައިވާ ގޭދޮށު މަސް ފެކްޓަރީގެ މަސައްކަތް ކުރުމަށް ހަނދު އިންވެސްޓްމަންޓާ ޙަވާލުކުރައްވައިފިއެވެ.
4.4 މިލިޔަނަށް ރުފިޔާ ޚަރަދުކުރައްވައިގެން ހިންގަވާ މި މަޝްރޫޢުގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރެއްވީ ހަތްމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ކެނދިކުޅުދޫ ކައުންސިލުން ވިދާޅުވީ އެ ރަށުގައި ގޭދޮށު މަސް ފެކްޓްރީ އެޅުމުގެ މަޝްރޫޢަކީ އެ ކައުންސިލުން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢު ކަމަށެވެ.
Today marks the remarkable event of signing the construction of "N.Kendhikulhudhoo Neighborhood Fish processing plant" with Han'dhu investments, the biggest milestone project yet for Kendhikulhudhoo Council.
— Secretariat of The Kendhikulhudhoo Council (@KK_Council) April 20, 2023
we sincerely appreciate the assistance from @MoFAmv @MoFmv @MoFMRAmv… pic.twitter.com/01WRFZqMvX
އިންޑިއާ ސަރުކާރުގެ އެހީގައި ކެނދިކުޅުދޫގައި ގޭދޮށު މަސް ފެކްޓަރީ އެޅުމަށް ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރެއްވީ ފެބްރުއަރީ 2021 ގައެވެ.
ރަށް ރަށުގައި ގޭދޮށު މަސް ފެކްޓަރީ ހެދުމަކީ މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ވައުދެކެވެ. އައްޑޫސިޓީ އާއި މ.އަތޮޅުގައިވެސް ގޭދޮށު މަސްފެކްޓްރީ ތަރައްޤީކުރުމުގެ މަޝްރޫޢު ވަނީ ހިންގަވައިފައެވެ. އަދި ގައްދޫގައި ވެސް ގޭދޮށު މަސްފެކްޓްރީއެއް ހެދުމަށް ސްރީލަންކާގެ ކުންފުންޏަކާ ވަނީ ޙަވާލުކޮށްފައެވެ.
ގޭދޮށު މަސް ފެކްޓްރީ މަޝްރޫޢުގެ ބޭނުމަކީ ރާއްޖޭގައި ބާނާ މަހުގެ ތެރެއިން ކުންފުނިތަކަށް ނުގަނެވޭ މަސްތައް އުކާލުމުގެ ބަދަލުގައި ޕްރޮސެސްކޮށްގެން ރައްޔިތުންނަށް ނަފާ ހޯދައިދިނުމެވެ. މި މަޝްރޫއުގެ ދަށުން މަސް ފިނިކުރުމާއި މަހުން ތަފާތު އެކި އިތުރު އުފެއްދުންތައް ތައްޔާރުކުރުމުގެ ފުރުޞަތުވެސް ފަހިކޮށްދޭނެއެވެ.