މިދިޔަ މަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރު ނުވަތަ އެކްސްޕޯޓު %50 އިތުރުވެއްޖެއެވެ.
ކަސްޓަމްސްއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 344 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ ފެބުރުއަރީ މަހާ އަޅަބަލާއިރު %51 އިންސައްތަ އިތުރު ޢަދަދެކެވެ. އަދި އެއީ މިދިޔަ އަހަރަށް ވުރެ 116 މިލިއަން ރުފިޔާ އިތުރު ޢަދަދެކެވެ.
މިދިޔަ މަހު އެކްސްޕޯޓްކުރި މުދަލުގެ ތެރެއިން އެންމެ ގިނައި އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލުގެ %66 އެވެ. ދެން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި، ފަރެންސޭސިވިލާތާއި، ތުރުކީވިލާތް ފަދަ ގައުމުތަށް ހިމެނެއެވެ. އިނގިރޭސިވިލާތަށް %9 މުދާ، ފަރަންސޭސިވިލާތައް %4 މުދާ އެކްޕޯޓްކޮށްފައި ވެއެވެ. އިޓަލީވިލާތަށް %3 ކުރިއިރު ތުރުކީއަށް %2 މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ.
ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކުރަނީ ގަނޑުކުރި މަހާއި ދަޅުގައި ބަންދުކޮށްފައި ހުންނަ މަހުގެ ބާވަތްތަކެވެ.
Monthly Statistics – March 2023
— Maldives Customs (@CustomsMv) April 24, 2023
?Imports increased by 10% ⬆️when compared to the same period of 2022
?Exports increased by 51% ⬆️ when compared to the same period of 2022.
?Customs Revenue increased by 3% ⬆️.
? https://t.co/vVigCR4ipx@MariyaDidi @AbdullaSh4reef pic.twitter.com/erN61tSyak
މި އަހަރުގެ މާރޗްމަހު ރާއްޖެއަށް 4.3 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %10 އިތުރުވުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ މިމުއްދަތުގައި 3.9 ބިލަޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.
ރާއްޖެއަށް މުދާ އެންމެ ގިނައިން އިމްޕޯޓުކުރަނީ ޔޫއޭއީ އާއި، އިންޑިއާ އާއި، އޮމާން އާއި، ސިންގަޕޫރާއި، ޗައިނާއިންނެވެ. ޔޫއޭއީ އިން 753 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 696 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
ފާއިތުވި މާރޗް މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ މާރޗް މަހާ އަޅާ ބަލާއިރު %3 ވަނީ އިތުރުވެފައެވެ. 2022 ވަނަ އަހަރުގެ މާރޗް މަހު 320 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާރޗްމަހު މި ޢަދަދުވަނީ 330 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.