ކުޅިވަރު

އީއެފްއެލް ޗެމްޕިއަންޝިޕުގެ ތަށި ބާންލީން ކާމިޔާބުކޮށްފި


އިނގިރޭސި ދެވަނަ ޑިވިޝަން ކަމަށްވާ އީއެފްއެލް ޗެމްޕިއަންޝިޕުގެ ތަށި ބާންލީއިން ކާމިޔާބުކޮށްފިއެވެ.

މިމުބާރާތުގެ ތަށި ބަރންލީ ކާމިޔާބުކުރީ އަންގާރަ ދުވަހުގެރޭ ބްލެކްބާން ރޯވާސް އާއި ބައްދަލުކުރމެޗް އެއްލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.

ލީގުގައި މިހާރު ބާކީ ދެމެޗް އޮތް އިރު ބަރންލީއަށް ވަނީ 44 މެޗުން 95 ޕޮއިންޓް ލިބިގެން ގޮސްފައެވެ. ދެވަނައިގާ އުޅޭ ޝެފީލްޑް ޔުނައިޓެޑަށް 42 މެޗުން ލިބިފައިވަނީ 82 ޕޮއިންޓެވެ. އެހެންކަމުން އެޓީމް ބާކީ ކުޅެން އޮތް ހަތަރު މެޗް ކާމިޔާބު ކުރިނަމަވެސް ލިބިގެންދާނީ 94 ޕޮއިންޓެވެ. އެއާއެކު ބަރންލީއަށް ލީގު ކާމިޔާބު މިކުރެވުނީ ބާކީ ދެމެޗް އޮއްވައެވެ.

ބަރންލީއިން މީގެކުރިން ވަނީ އިންގްލިޝް ޕްރިމިއަރ ލީގަށް ޕްރޮމޯޓްވެފައެވެ. ނަމަވެސް އޭގެފަހުން މިހާތަނަށް ކުޅުނު ތިން މެޗުން މޮޅުވެފައިނުވުމާއި، އަންގާރަ ދުވަހުގެރޭގެ މެޗްގެ ފުރަތަމަ 45 މިނެޓްގައި އެއްވެސް ހަމަލާއެއް އުފެއްދިފައިނުވުމުން ބަރންލީ މިމެޗުންވެސް މޮޅުވެދާނެކަމާމެދު ސުވާލު އުފެދިގެން ދިޔައެވެ. ނަމަވެސް މެޗްގެ 66 ވަނަ މިނެޓްގައި މެނުއެލް ބެންސަން ކާމިޔާބު ކޮށްދިން ލަނޑާއެކު ބަރންލީއިން މިމެޗްގެ ލީޑު ނެގިއެވެ.

މިމެޗުގައި ލަނޑެއް ނުޖެހުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ބްލެކްބަރންއިންނެވެ. އެކަމަކު މިއީން އެއްވެސް ހަމަލާއެއް އެޓީމަށް ކާމިިޔާބު ކުރެވޭގޮތެއްނުވިއެވެ. އަދި މިނާކާމިޔާބީއާއެކު މިފަހަރުގެ ޕްލޭ އޮފުން ޖާގައެއް ހޯދުމަށް ކުރަމުންދާ އުންމީދުތަކަށް މިވަނީ ހިޔަނި އެޅިގެން ގޮސްފައެވެ. ބްލެކްބަރން މިވަގުތު އުޅެނީ 44 މެޗުން ލިބިފައިވާ 65 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ. ނަމަވެސް ހަވަނައިގާ އުޅޭ ސަންޑަރލަންޑާއި ދެމެދުވަނީ ހަމައެކަނި ލަނޑުގެ ތަފާތެކެވެ. އެހެންކަމުން ފަހު ދެމެޗް ކާމިޔާބުކޮށްގެން އެފުރުސަތު ލިބިގެންދިއުމަކީވެސް ގާތްކަމެކެވެ.