ކުޅިވަރު

އެމްޓީސީސީ ޢީދު ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ކުލަބު ޓީނޭޖަށް


ފިތުރު ޢީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި އެމްޓީސީސީ ޢީދު ބައިބަލާ ޗެލެންޖް 1444 ގެ ޗެމްޕިއަންކަން ކުލަބު ޓީނޭޖުން ހޯދައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައއި ކުރިއަށްދިޔަ މި މުބާރާތުގައި ރޭ ކުޅުނު ފައިނަލް ޝަރަފުވެރިކޮށްދެއްވާފައި ވަނީ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ސައީދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި އާބަންކޯގެ އެމްޑީ އަޙްމަދު އާތިފެވެ.

މުބާރާތުގެ ޗެމްޕިއަންކަން ކުލަބު ޓީނޭޖުން ހޯދީ ފައިނަލުގައި ހުޅުމާލެ ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ދެ ގޭމުން މެޗު ކާމިޔާބުކޮށްގެންނެވެ. މިއީ ބައިބަލާގެ ތާރީޚުގައި ޓީނޭޖުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ.

ފައިނަލް މެޗުގެ ފުރަތަމަ ގޭމުގައި އެތެރެއިން ކުޅުނީޓީނޭޖެވެ. ފުރަތަމަ ގޭމުގައި ޓީނޭޖުން ވަނީ ފުރަތަމަ ތިން މިނެޓު ތެރޭގައި ބޮޑު ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ގޭމްގެ ބާކީ މިނެޓަކަށްވީ އިރު، އެތެރެއިން ކުޅެމުންދިޔަ ޓީނޭޖުން އޮތީ 14-2 ގެ ލީޑެއްގައެވެ. އެ ލީޑު އިތުރަށް ފުޅާކޮށް، އެތެރެއިން ކުޅެ ޓީނޭޖު ގޭމް ގެންދިޔައީ 14-5 އިންނެވެ.

ހުޅުމާލެ ސްޕޯޓްސްއިންވެސް އެތެރެ ގޭމް ފެށީ ރަނގަޅަށެވެ. ފުރަތަމަ ތިން މިނެޓު ނިމުނު އިރު، އެޓީމުން އޮތީ 12-2 ގެ ލީޑެއްގައެވެ. ނަމަވެސް ފަހަރަކަށް ފަހު ފަހަރެއް ޓީނޭޖުން ވަނީ ނުރައްކާކޮށްފައެވެ. ހާއްސަކޮށް އަސްލަމް ވަހީދާއި އަހުމަދު މުހައްމަދު (އަންމަޑޭ) ގެ ތަފާތު ފެނުނެވެ. ދެވަނަ ގޭމު ޓީނޭޖުން ގެންދިޔައީ 6-8 ގެ ނަތީޖާއަކުންނެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމުލަ 34 ޓީމެއް ވާދަކުރިއިރު، 1000 އަށްވުރެ ގިނަ ކުޅުންތެރިން ވަނީ މިއަހަރުގެ މުބާރާތުގައި ކުޅެފައެވެ.