އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްސް ވެސްޓަން ކޮންފަރެންސްގެ ސެމީ ފައިނަލުގައި ޑެންވާ ނަގެޓްސްއިން ފީނިކްސް ސަންސްގެ މައްޗަށް ދެ މެޗުގެ ލީޑެއް ނަގައިފިއެވެ.
1 ވަނައަށް ސީޑް ކުރެވިފައިވާ ނަގެޓްސް ދެވަނަ މެޗްގައި 4 ވަނައަށް ސީޑް ކުރެވިފައިވާ ސަންސްގެ މައްޗަށް ކުރި ހޯދީ 97 ޕޮއިންޓް 87 ޕޮއިންޓުންނެވެ.
ޑެންވަރގެ ބޯލް އެރީނާގައި ކުޅުނު މިމެޗްގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 39 ޕޮއިންޓް ހޯދައިދީ، 16 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ސަންސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 6 އެސިސްޓް ދިން ޑެވިން ބޫކަރއެވެ. މިދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފީނިކްސްގެ ފުޓްޕްރިންޓް ސެންޓަރގައެެވެ.
މިމުބާރާތުގެ އީސްޓަން ކޮންފަރެންސްގެ ސެމީފައިނަލްގައި ތިންވަނައަށް ސީޑް ކުރެވިފައިވާ ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ދެވަނައަށް ސީޑް ކުރެވިފައިވާ ބޮސްޓަން ސެލްޓިކްސް ކުޅުނު ފުރަތަމަ މެޗް ސެވަންޓީ ސިކްސަރސް ވަނީ ކާމިޔާބުކޮށްފައެވެ. ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މިމެޗް ސެވަންޓީ ސިކްސަރސް ކާމިޔާބުކުރީ 119 ޕޮއިންޓް 115 ޕޮއިންޓުންނެވެ.
މިމެޗްގައި ސިކްސަރސްގެ ޖޭމްސް ހާޑެން ވަނީ 45 ޕޮއިންޓް ހޯދާދީ އެއް ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ސެލްޓިކްސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 39 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 5 އެސިސްޓް ދިން ޖޭސަން ޓެޓުމްއެވެ. މިދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ބޮސްޓަންގައެވެ.