ކުޅިވަރު

އިންޑިއާގެ ޕެރަ އެތުލެޓިކްސް މުބާރާތުން މާޒިންއަށް ތާރީޚީ ރަން މެޑެއްޔެއް


އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިޔަށްދާ ފަސްވަނަ އިންޑިއަން އޯޕަން އިންޓަނޭޝަނަލް ޕެރަ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ޓީ11 ކެޓަގަރީގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ ޕެރަ އެތުލީޓް މުޙައްމަދު މާޒިން ރަން މެޑެލް ހޯދައިފިއެވެ.

މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި މާޒިންގެ ގައިޑްރަނަރ އެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ޙުސައިން ޝިފާޒެވެ. މިއީ ވޯލްޑް ޕެރަ އެތުލެޓިކްސް ފެޑެރޭޝަނުގެ ބައިވެރިވުމާއެކު ބާއްވާ މުބާރާތަކުން ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑައްޔެވެ.

އިންޓަރނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީގެ ގްރާންޓް ޕްރޮގްރާމުގެ ދަށުން ބައިވެރިވި މި މުބާރާތުގައި 12 ޤައުމަކުން ވާދަކުރެއެވެ. ރީޖަނަލް ސްޕޯރޓްސް ޓްރެއިނިންގ އާއެކު ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެއިން ޕެރަ އެތުލެޓިކްސްގެ އެތްލީޓަކާއި، ޕެރަ އެތުލެޓިކްސް ކޯޗެއްގެ އިތުރުން ޕެރަ އެތުލެޓިކްސް ޓެކްނިކަލް އޮފިޝަލެއްގެ އިތުރުން، ޕެރަ ބެޑްމިންޓަން ކްލެސިފަޔަރަކު ތަމްރީނު ކުރެވިފައިވެއެވެ.

މިއީ ރާއްޖޭގެ ކުޅިވަރު ތާރީޚުގައި ޕެރަ އެތުލެޓިކްސް އިން ހޯދި ތިންވަނަ ރަން މެޑައްޔެވެ. މީގެކުރިން އެމެރިކާގައި 2022 ވަނަ އަހަރު ބޭއްވި ޕޭން އެމިކަން ގޭމްސްގައި ވާދަކޮށް ރާއްޖެއިން ވަނީ ދެ ރަން މެޑަލް ހޯދާފައެވެ.

މާޒިން ވަނީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ލޯ މެޑަލްއެއް ހޯދާދީފައެވެ.