މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި މެދުތެރޭ އޭޝިއާ ސަރަހައްދުގެ އިގްތިސާދީ ކުރިއެރުން މިއަހަރު މަޑުޖެހޭނެކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން ބުނެފިއެވެ.
އައިއެމްއެފްގެ ރީޖަނަލް އިކޮނޮމިކް އައުޓްލުކް ރިޕޯޓުގައި ބުނެފައިވާގޮތުން މެދުއިރުމައްޗާއި މެދުތެރޭ އޭޝިއާގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ މިއަހަރު %2.9 އަށް ދަށްވާނެކަމަށް ލަފާކުރެވޭއިރު، މިދިޔަ އަހަރު އެ ސަރަހައްދުގެ ޖީޑީޕީ ވަނީ %5.3 އަށް ދަށްވެފައެވެ. ނަމަވެސް އަންނަ އަހަރު %3.5 އަށް ޖީޑީޕީ މަތިވާނެކަމަށް އައިއެމްއެފްގެ ރީޖަނަލް އިކޮނޮމިކް އައުޓްލުކް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ އިގްތިސާދީ ދުވެލި މިއަހަރު %3.1 އަށް މަޑުޖެހޭނެކަމަށް އައިއެމްއެފްއިން ވަނީ ލަފާކޮށްފައެވެ. މިދިޔަ އަހަރު އެ ސަރަހައްދުގެ އިގްތިސާދީ ދުވެލި ހުރީ %5.3 ގައެވެ. ކޯކެސަސް އާއި މެދުތެރޭ އޭޝިއާގެ ސްޓޭޓްތަކުގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރު %4.8 ގައި ހުރިއިރު މިއަހަރު %4.2 އަށް ދުވެލި މަޑުޖެހޭނެ ކަމަށްވެސް އައިއެމްފް އިން ވަނީ ލަފާކޮށްފައެވެ.
މިއާއިއެކު މިސްރުގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރު %6.6 ގައި ހުރިއިރު މިއަހަރު %3.7 އަށް ދުވެލި މަޑުޖެހޭނެކަމަށް އައިއެމްއެފް އިން ލަފާކުރެއެވެ.
އައިއެމްއެފްގެ ރީޖަނަލް ޑިރެކްޓަރު ޖިހާދު އަޒޫރު ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި މި ސަރަހައްދުތަކުގެ އިގްތިސާދީ ކުރިއެރުމަށް އަސަރުކުރާ ގިނަ ނުރައްކާތަކެއް އެބަހުރި ކަމަށެވެ.
ރިޕޯޓުގައިވާ ގޮތުން ސަރަހައްދުގެ ހަރުކަށި މާލީ އަދި ފިޒިކަލް ސިޔާސަތުތަކާއި މާލީ ހާލަތްތަކުގެ ސަބަބުން ސްޓަރަކްޗަރަލް ރިފޯމްތައް އަވަސްކުރުމަށް މަޖުބޫރެވެ.