ރާއްޖޭގެ ޘަގާފީ ސެންޓަރެއް ސްރީލަންކާގައި ޤާއިމުކުރުމަށްޓަކައި ދެ ޤައުމުގެ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.
ސޮއިކުރެެއްވި 3 އެއްބަސްވުމަކީ ރާއްޖޭގެ ޘަގާފީ ސެންޓަރެއް ސްރީލަންކާގައި ޤާއިމުކުރުމުގެ އެއްބަސްވުމާއި، ޘަގާފީ ދާއިރާއިން ދެ ޤައުމުގެ ދޭތެރޭ އެއްބާރުލުން އިތުރުކުރުކުރުމުގެ އެއްބަސްވުމާއި، ސިއްޙީ ދާއިރާއިން ރާއްޖެއާއި ސްރީލަންކާ އާއި ދެމެދު އެއްބާރުލުން އިތުރުކޮށް، އެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ޤާއިމްކުރި އެއްބަސްވުމެވެ. މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިހާރު ސްރީލަންކާގައި ކުރިއަށްދާ ދިވެހިރާއްޖެއާއި ސްރީލަންކާ ޖޮއިންޓް ކޮމިޝަން ހަތަރު ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.
މިބައްދަލުވުމުގައި ރާއްޖޭގެ ޘަގާފީ ސެންޓަރެއް ސްރީލަންކާގައި ޤާއިމުކުރުމުގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ އަލީ ފާއިޒްއެވެ. އަދި ސްރީލަންކާއިން ސޮއިކުރެއްވީ އެޤައުމުގެ ކަލްޗަރަލް އެފެއާޒްގެ ސެކެޓްރީ ސޮމަރަތުނަ ވިޑަނަޕަތިރިނާއެވެ.
މިއެއްބަސްވުމުގެ އިިތުރަށް ރާއްޖެއާއި ސްރީލަންކާއާ ދެމެދު ވަނީ އިތުރު 2 އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެގޮތުން ޘަގާފީ ދާއިރާއިން ދެ ޤައުމުގެ ދޭތެރޭ އެއްބާރުލުން އިތުރުކުރުމަށްޓަކައި ސޮއިކުރި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤްއެވެ.
ސިއްޙީ ދާއިރާއިން ރާއްޖެއާއި ސްރީލަންކާ އާއި ދެމެދު އެއްބާރުލުން އިތުރުކޮށް، އެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ޤާއިމްކުރި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝަމާޢު ޝަރީފްއެވެ. އަދި ސްރީލަންކާއިން ސޮއިކުރެއްވީ އެ ޤައުމުގެ ހެލްތު މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ.އޭ.ކޭ ސުނިލް ބެރިނާރޑް ދި އަލްވިސްއެވެ.
ރާއްޖޭގެ ޘަގާފީ ސެންޓަރެއް ސްރީލަންކާ ގައި ޤާއިމުކުރުމަށްޓަކައި ސޮއެކުރެވުނު ފަހުމުނާމާގެ ސަބަބުން، ދެ ޤައުމަށް ލިބޭ ފައިދާ އާއި ޘަގާފީ ދާއިރާއިން އެއްބާރުލުން އިތުރަށް ވަރުގަދަވެ ހޭލުންތެރިކަން އިތުރުވެގެންދާނެ.
— Abdulla Shahid (@abdulla_shahid) June 7, 2023
މި ސެންޓަރުގެ ސަބަބުން އަޅުގަނޑުމެން ދެ ޤައުމުގެ ދޭތެރޭގައި އޮތް…
މި އެއްބަސްވުންތަކާ ގުޅިގެން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ރާއްޖޭގެ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައްކަމަށާއި މި އެއްބަސްވުމުގެ ސަބަބުން މިދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ޘަގާފީ ސެންޓަރެއް ސްރީލަންކާގައި ޤާއިމުކުރުމުގެ ސަބަބުން ދެ ޤައުމަށް ލިބޭ ފައިދާއާއި ޘަގާފީ ދާއިރާއިން އެއްބާރުލުން އިތުރަށް ވަރުގަދަވެ ހޭލުންތެރިކަން އިތުރުވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ފޮރިން މިނިސްޓަރ ވިދާޅުވީ ޘަގާފީ ދާއިރާއިން ދެ ޤައުމުގެ ދޭތެރޭ އެއްބާރުލުން އިތުރުކުރުމަށްޓަކައި ސޮއިކުރެއްވި އެއްބަސްވުމުގެ ސަބަބުން ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ޘަގާފީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރިއަރާނެ ކަމަށެވެ. އަދި ޘަގާފަތާއި އާދަކާދަ ހިމާޔަތްކޮށް ދެމެހެއްޓުމަށާއި އަދި އާރކިއޯލޮޖީގެ ދާއިރާއިންވެސް އިތުރަށް އެއްބާރުލުން ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.