ޚަބަރު

ޢީދު ބަންދުގައި ދަމަނަވެށި ބަންދުވާނެ، ނަމަވެސް ޓްރެވަލް ވެކްސިން ޖަހައިދޭނެ


  • ޖޫން 23 އިން 1 ޖުލައި އަށް ދަމަނަވެށި ބަންދުވާނެ

  • ލިޔެކިޔުންތަކާއެކު ވައިބަރ ނަންބަރަށް މެސެޖުކުރުމުން ޓްރެވަލް ވެކްސިން ޖަހައިދޭނެ

ޢީދު ބަންދުގައި ދަމަނަވެށި ބަންދުވާނެ، ނަމަވެސް ޓްރެވަލް ވެކްސިން ޖަހައިދޭނެ

ޙައްޖު ދުވަހާއި އަޟްހާ އީދާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ދަމަނަވެށީގެ ޚިދުމަތްތައްވެސް މެދުކަނޑާލައިފިއެވެ.

ދަމަނަވެށިން ވިދާޅުވީ، 1444 ވަނަ އަހަރުގެ ޙައްޖު ދުވަހާއި އަޟްހާ ޢީދާއި ގުޅިގެން 23 ޖޫން 2023 އިން 01 ޖުލައި 2023 އަށް ދަމަނަ ވެށީގައިވެސް ޚިދުމަތް ދިނުން ނޯންނާނެކަމަށެވެ.

އެހެންނަމަވެސް ބަންދު ދުވަސްތަކުގައި ރާއްޖެއިން ބޭރަށް އެކި ބޭނުންތަކަށް ފުރާ ފަރާތްތަކަށް އިމަޖެންސީކޮށް ކޮންމެހެން ޖަހަންޖެހޭ ޓްރެވަލް ވެކްސިން ޖެހުންކުރިއަށްދާނެކަމަށް ދަމަނަވެށިން ވިދާޅުވެއެވެ.

ޓްރެވަލް ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން އެ ފަރާތެއްގެ މުއްދަތު ހަމަނުވާ ޕާސްޕޯޓް، އައި.ޑީ ކާޑު އަދި ބަންދުގެ ތެރޭގައި ދަތުރުކުރާ ފަރާތްތަކުގެ ޓިކެޓް ނުވަތަ ރަސްމީ ތައްގަނޑުޖެހި ޓްރެވަލް ޑޮކިއުމަންޓާއެކު ދަމަނަވެށީގެ ނަންބަރު 7267290 އަކަށް ވައިބަރ މެދުވެރިކޮށް މެސެޖްކުރުމުން އެ އިންތިޒާމް ހަމަޖެހޭނެކަމަށް ދަމަނަވެށިން ވިދާޅުވެއެވެ.