ޚަބަރު

ރިޔާސީ ރޭހަށް ނުކުންނާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި - ފާރިސް


  • - ޕާޓީގެ ޓިކެޓްވެސް ހޯއްދެއްވި

  • - 1500 މީހުންގެ ސޮއިވެސް ވަނީ ހޯއްދަވާފައި

  • - ރަނިންމޭޓް އަދި އިއުލާންނުކުރައްވާ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއެމްއާރު) ގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ރިޔާސީ ރޭހަށް ނުކުންނަވާނެކަން ފާރިސް އިއުލާންކުރެއްވި ނަމަވެސް ރަނިންމޭޓް އަދި ކަނޑައަޅުއްވާފައެއް ނުވެއެވެ.

އިންތިޚާބުގައި ވާދަކުރެއްވުމަށް ފާރިސް ފުރަތަމަ ނިންމެވީ އެމްއެމްއާރުގެ ޓިކެޓްގައެވެ. އެހެންނަމަވެސް 3000 މެމްބަރުން ހަމަނުވެގެން އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެ މައްސަލަ އޮތީ ސިވިލްކޯޓްގައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެމްއާރުއެމުން ހުޅުވާލި ފުރުސަތުގައި ފާރިސް މައުމޫން ްއެކަނި ނަން ހުށައެޅުވުމުން އޭނާއަށް ޓިކެޓް ދިނުމަށް ނިންމީ ޕާޓީގެ އެކްސްކޯއިންނެވެ.

އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ބޭނުންވާ 1500 މީހުންގެ ސޮއިވެސް ފާރިސް ވަނީ ހަމަކުރައްވާފައެވެ.

ފާރިސް މައުމޫންގެ އިންތިޚާބީ އެޖެންޓެއްގެ ގޮތުގައި ކަނޑައެޅުއްވީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ އިސްމާއިލް ޒަބީހްއެވެ.

ރިޔާސީ އިންތިޙާބުގައި ވާދަކުރުމަށް ނަން ހުށައެޅުމަށް ހުޅުވާލި ފުރުސަތު މާދަމާ 14:00 ހަމަވާނެއެވެ.