ޚަބަރު

ފާރިސްގެ ރަނިންމޭޓަކަށް ޑޮކްޓަރ ޢަބްދުއް ސައްތާރު ޔޫސުފް


  • - ފާރިސް ވާދަކުރައްވަނީ އަމިއްލަ ގޮތުން

  • - 1500 މީހުންގެ ސޮއި ހަމަކުރައްވައިފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ރައީސް ފާރިސް މައުމޫންގެ ރަނިންމޭޓަކަށް ޑޮކްޓަރ ޢަބްދުއް ސައްތާރު ޔޫސުފް ހަމަޖައްސަވައިފިއެވެ.

އިންތިޚާބުގައި ވާދަކުރެއްވުމަށް ފާރިސް ފުރަތަމަ ނިންމެވީ އެމްއެމްއާރުގެ ޓިކެޓްގައެވެ. އެހެންނަމަވެސް 3000 މެމްބަރުން ހަމަނުވެގެން އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެ މައްސަލަ އޮތީ ސިވިލްކޯޓްގައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެމްއާރުއެމުން ހުޅުވާލި ފުރުސަތުގައި ފާރިސް މައުމޫން އެކަނި ނަން ހުށައެޅުވުމުން އޭނާއަށް ޓިކެޓް ދިނުމަށް ނިންމީ ޕާޓީގެ އެކްސްކޯއިންނެވެ.

އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ބޭނުންވާ 1500 މީހުންގެ ސޮއިވެސް ފާރިސް ވަނީ ހަމަކުރައްވާފައެވެ.

ފާރިސް މައުމޫންގެ އިންތިޚާބީ އެޖެންޓެއްގެ ގޮތުގައި ކަނޑައެޅުއްވީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ އިސްމާއިލް ޒަބީހްއެވެ.

ރިޔާސީ އިންތިޙާބުގައި ވާދަކުރުމަށް ނަން ހުށައެޅުމަށް ހުޅުވާލި ފުރުސަތު މާދަމާ 14:00 ހަމަވާނެއެވެ.