ޚަބަރު

ޒަމީލްގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި


  • ޒަމީލްގެ ރަނިންމޭޓަކީ އަނބިކަނބަލުން މަރިޔަމް އަލީމް

  • އިންތިޚާބީ އޭޖެންޓަކީ ދަރިކަލުން

ކުރިއށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޙަސަން ޒަމީލްގެ ކެނޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.

މިސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ހަސަން ޒަމީލް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށައެޅުއްވީ އިއްޔެއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ޙަސަން ޒަމީލްގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުން، ބަލައި ޗެކްކުރުމަށްފަހު ޤާނޫނުގައިވާ ގޮތުގެ މަތީން، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާތީ ޙަސަން ޒަމީލް ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ގަބޫލް ކުރައްވާފައިވާ ކަމަށެވެ.

މިއާއެކު މިހާތަނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ހުރިހާ ކެނޑިޑޭޓުންގެ ފޯމު މިވަނީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައެވެ.

ރިޔާސީ އިންތިޚާބުގައި ރަނިންމޭޓެއްގެ ގޮތުގައި އަންހެން ބޭފުޅެއް ކަނޑައަޅުއްވާފައިވާ ހަމައެކަނި ކެންޑިޑޭޓަކީވެސް ޒަމީލްއެވެ.
ޒަމީލްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސެވީ އޭނާގެ އަނބިކަނބަލުން މަރިޔަމް އަލީމްއެވެ.